
ޝާހުރުކް ހާން، ޑައިރެކްޓަރު ސިއްދާރުތު އާނަންޑް އަދި ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްރާއާއެކު މި ފިލްމުގެ ސްކްރިޕްޓް މިދިޔަ ހަފުތާގައި ކިޔާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އަލަށް ނެރޭ ފިލްމުގައިވެސް ޝާރުކް ހާން ފެނިގެންދާނީ ޕަތާން ރޯލުންނެވެ. މީގެ އިތުރުން ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް ވެސް މި ފިލްމުން ވެސް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ދިވާލީގައެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މި އހަރު ޖޫންގައެވެ. އަދި މި ފިލްމްގެ ބަޖެޓް ބެލެވެނީ 300 ކޯރޯޑް އަށްވުރެ މަތީގައި ހުންނާނެކަމަށެވެ. ހޮލިވުޑް ފެންވަރުގެ އެކްޝަން ސީންތަކެއް ފިލްމުގައި ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔާޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވަރސްގައި ހިމެނޭ މި ފިލްމް ސީރީޒްގައި ޓައިގާ، ވޯ އަދި ޕަތާން ހިމެނެއެވެ. ޕަތާން 2 ގައި ސަލްމާން ހާންގެ ޓައިގާ ކެރެކްޓަރު އަދި ހްރިތިކް ރޯޝަންގެ ކަބީރު ކެރެކްޓަރު ދައުރެއްގައި ފެނިގެންދާނެކަމަށް ވެސް ހަބަރު ލިބެއެވެ. ސްޕެއިން، ޖަޕާން އަދި މެދުއިރުމައްޗަށް ފިލްމް ޝޫޓްކުރުމަށް އަންނަނީ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.