ads
ހައިކޯޓުގެ އިސްފަނޑިޔާރު، ރައީސް މުއިއްޒުއާއެކު
ސުޕްރީމް ކޯޓަށް ހައިކޯޓުގެ އިސްފަނޑިޔާރު ކުރިމަތިލައްވައިފި
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައިކޯޓުގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު ކުރިމަތިލައްވައިފިއެވެ.
Advertisement

ސުޕްރީމް ކޯޓުން ފަނޑިޔާރެއްގެ މަގާމް ހުސްވީ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދުއާއެކު ކުރިމަތިލެެއްވީ އަދި އިތުރު ދެ ބޭފުޅެކެވެ. އެއީ ކުރީގެ ޑިޕީޖީ މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލް ރުސްދުﷲ އިބްރާހީމް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ޖޭއެސްސީން މި މައުލޫމާތު އަދި ރަސްމީކޮށް އާއްމު ނުކުރެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ ޖޭއެސްސީން މިރޭ އިންޓަވިޔުކުރާނެއެވެ. އަދި ކުރިއަށް އޮތް ހަފްތާތެރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދުއަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގެ ލޯ ގްރެޖުއޭޓެކެވެ. ޝަހީދުވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައެވެ. 

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ފަނޑިޔާރު ޝަހީދު ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ މަގާމު ހިމެނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ މަަސައްކަތުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުމާއި އުމުރުން 30 އަހަރު ވެފައި މީހަކު ކަމަށް ވުމެވެ. 

މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމަށް ނުވުމާއި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް