ޕީސީބީން ބުނީ އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އައިޝަތު ފިފްޝީން އަލީ މިއަދު ވަކިކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީ އަކުން ނުބުނެއެވެ.
އޭނާ އެ މަގާމަށް އައްޔަންކުރީ 2022 ވަނަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.
ފިފްޝީން ވަނީ ބޭންކިން ދާއިރާގައި 20 އަހަރު މަސައްކަތް ކުރައްވައިފައެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ބޭންކް އޮފް މޯލްޑިވްސްގައެވެ.
އޮސްޓްރޭލިއާގެ އީޑިތު ކަވަން ޔުނިވާސިޓީން އެމްބީއޭ ހާސިލްކުރައްވާ ފިފްޝީން ޑިގްރީ ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީންނެވެ.