ads
މޯލްޑިވިއަން އެއާޕައިންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި
މޯލްޑިވިއަނުން މިއަހަރު ޖަރުމަނާއި ސައުތު އެފްރިކާއަށް ދަތުރުތައް ފަށަނީ
ގައުމީ އެއަރލައިން މޯލްޑިވިއަނުން މިއަހަރުގެ ތެރޭގައި ޖަރުމަނުވިލާތާއި ސައުތު އެފްރިކާއަށް ދަތުރުތައް ފެށުމުގެ ތައްޔާރީތައް ކުރަމުންދާ ކަމަށް އެއެއަރލައިނުން ބުނެފިއެވެ.
Advertisement

މިކަމުގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރު އިތުރުވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން އުންމީދުކުރެއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މޯލްޑިވިއަންގެ މިދަތުރުތަކުގެ ސަބަބުން އެގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ދުރު މަންޒިލްތަކުން އަންނަން ބޭނުންވާ ޓޫރިސްޓުންނަށް މިއީ ވަގުތު ސަލާމަތްވާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ. 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330-200 މަތިންދާބޯޓުން މިހާރު ޗައިނާގެ ތިން މަންޒިލަކަށް ދަތުރުކުރަމުންދެއެވެ. އެއީ ބެއިޖިން، ޝަންގަހާއީ އަދި ޗެންގްޑޫއަށެވެ. މިދަތުރުތަކަށް ޑިމާންޑް ވަރަށް ބޮޑުކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެއަށް ގެންނާނެ ކަމަށެވެ. ގައުމީ އެއަރލައިންގެ ދަތުރުތައް ބައިނަލްއަގުވާމީ އިތުރު މަންޒިލްތަކަށް ފެށުމުން ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ގައުމީ އެއަރލައިން ފުޅާކޮށް ބައިނަލްއަގުވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް