ads
ކުރީގެ ރައީސް ޑރ. ވަހީދު
ހަނިމާދޫގެ ޓޫރިޒަމް ބިންތައް: ވަހީދުގެ ކުންފުނިން 224,000 ޑޮލަރު އެޑްވާންސަށް ދައްކައިފި
ހދ. ހަނިމާދޫގެ ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދުން 10,000 އަކަފޫޓުގެ 4 ބިން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުންފުނި "އޯސަމް ޕްރޮޕަޓީސް ޕލޑ" އަށް ބިޑު ކާމިޔާބުކޮށް ބިމަށް ފުރަތަމަ އަހަރުގެ ކުލީގެ ގޮތުގައި 224,000 އެމެރިކާ ޑޮލަރު (3.4 މިލިޔަން ރުފިޔާ) އެ ކުންފުނިން ހަނިމާދޫ ކައުންސިލްގެ ޑޮލަރު އެކައުންޓަށް ޖަމާކޮށްފިއެވެ.
Advertisement

މިދިޔަ ބުރާސްފަތި ދުވަހު ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އޯސަމް ޕްރޮޕަޓީސްގެ ފަރާތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސޮއިކުރެއްވިއިރު، ހަނިމާދޫ ކައުންސިލް ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަބުދުލް ސައްތާރު ހަސަންއެވެ. 

ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭނުގައި ޓޫރިޒަމަށް ކަނޑައަޅާފައިވާ ބިމުން، ޓޫރިޒަމް ވިޔަފާރި ކުރުމަށް ބިޑް ހުށަހެޅުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން މި 4 ބިން ކާމިޔާބުކޮށްފައި ވަނީ އޯސަމް ޕްރޮޕަޓީސްއިންނެވެ. މި 4 ބިމުގެ ތެރެއިން ކޮންމެ ބިމެއްގެ ވެސް އަހަރެއްގެ ކުއްޔަކީ 56,000 އެމެރިކާ ޑޮލަރެވެ.

ކައުންސިލުން ބިޑް ކާމިޔާބުކުރި ފަރާތްތަކަށް ބިން ހަވާލުކޮށްފައި ވަނީ އެޑްވާންސް ފައިސާގެ ގޮތުގައި ފުރަތަމަ އަހަރު ދުވަހަށްވާ ކުލި ކައުންސިލަށް ދައްކައިގެނެވެ. މި 4 ބިމަށްވާ 224,000 އެމެރިކާ ޑޮލަރު (3.4 މިލިޔަން ރުފިޔާ) އޯސަމް ޕްރޮޕަޓީސްއިން ވަނީ ކައުންސިލްގެ ޑޮލަރު އެކައުންޓަށް ޖަމާކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް