ads
ސިނގިރޭޓް އުފައްދާކަމުގެ މައުލޫމާތު ލިބިގެން ރޭ ފުލުހުން ރެއިޑް ކުރިތަނުން ފޮށިތައް ނެރެނީ
އަމިއްލައަށް ހެދި ސިނގިރޭޓްތައް ނައްތާލާ ކުންފުނީގެ ހުއްދަ ބާތިލް
އަމިއްލައަށް ހެދި ސިނިގިރޭޓްތައް ނައްތާލާ އެކަން ކުރި ކުންފުނީގެ ހުއްދަ ބާތިލް ކޮށްފިއެވެ.
Advertisement

ސިނގިރޭޓް އުފައްދާކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ޖެނުއަރީމަހު 30 ވަނަދުވަހުރޭ ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވަނީ ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެކެވެ.  

މި މައްސަލައާ ގުޅިގެން ފުލުހުން އެރޭ ހިންގި ރެއިޑްގައި 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށެވެ. އޭގެތެރޭގައި ދުންފަތް ހުރި ފޮށިގަނޑުތަކެއް ހުރިކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. 

މި މައްސަލާގައި ފުލުހުން ބުނީ އެ އޮފީހުން އަތުލައިގަތް ސިގިރޭޓްތައް ނައްތާލުމުގެ ހުއްދަ އެ އިދާރާއަށް ފުލުހުްނ ދީފައިވާކަމަށެވެ. އަދި އެތަކެތި ހަދަނިކޮށް ފެނުނު ތަނުގއި ހިންގަމުން އައި ކުންފުނީގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލުކޮށްފައިވާކަމަށެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ބޭނުން ކުރުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު އިސްލާހު ގެނެސް އަމަލުރަން ވަނީ ފަށާފައެވެ. އެ އިސްލާހަށް އަމަލުކުރަން ފެށުމުން ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ކުރުން މަނައެވެ. އަދި ސިނގިރޭޓްގެ ޑިއުޓި ވަނީ ބޮޑުކޮށްފައެވެ. 

އެއާއި އެކު ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ވޭޕް މަނާކުރުމުން ސިނގިރޭޓަށް އޮންނަ ޑިމާންޑުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް