މޫސުމާބެހޭ ގައުމީ އިދާ، (މެޓޤ) އިން ބުނެފައިވަނީ ހުޅުލޭގައި ހޫނުމިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން 37.2 ޑިގްރީ ސެލްސިއަސްގައި ހުރިކަމަށްބުނެފައިެވެ. ހދ. ހަނިމާދޫގައި އިހުސާސްކުރެވޭ ހޫނުމިން 36.9 ޑިގްރީގައި ހުރިއިރު، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫސިޓީ ގަމުގައިވެސް އިހުސާސްކުރެވޭ ހޫނުމިން 36 ޑިގްރީއަށްވުރެ މަތީގައި ހުރިކަމަށް ފާހަގަކޮށްފިއެވެ.
ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން މިހާރު ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި އާންމު ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެފައިވާ ކަމަށް މެޓް އިން ބުނެފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;