މިފްކޯއިން ބިލިއަނެެއްހާ ރުފިޔާގެ ލޯނެއް ނަގަން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް (އައިޑީބީ) އަށް ހުށައަޅާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

Advertisement
މިފްކޯއިން ނެރުނު ބަޔާނެެއްގައި ވަނީ ސަރުކާރުގެ އެހީގައި އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކުން 64.65 މިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދަން އެދިފައިވާކަމަށެވެ. މިފްކޯއިން ބުނީ މި ލޯން ނަގަަނީ އެ ކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމުގެ ޕްރޮޖެކްޓަކަށް ކަމަށެވެ.
މިފްކޯއިން ލޯން ނަގާ ބޭނުންތައް
- އައްޑޫ ސިޓީގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ގާއިމުކުރުން
- ހއ. އިހަވަންދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ގާއިމުކުރުން.
- ކަނޑުއޮތްގިރީގައި ހުރި ފެސިލިޓީއަށް 35 މެޓްރިކް ޓަނުގެ ފިޝް ޕްރޮސެސިން ޔުނިޓެއް ގާއިމުކުރުން
- ފެލިވަރުގައި 250 ޔުނިޓުގެ އެކޮމަޑޭޝަން ބްލޮކެއް ގާއިމުކުރުން
- ކޫއްޑޫގައި 100 ޔުނިޓުގެ އެކޮމަޑޭޝަން ބްލޮކެއް ގާއިމުކުރުން
- މުވައްޒަފުން ތަމުރީނުކުރުން
- 10 އަހަރުގެ ބިޒްނަސް ޕްލޭނެއް ހެދުން
މި ފްކޯއިން ބުނީ މި ލޯނުން މަޝްރޫއުތައް ހިންގާނީ އައިޑީބީން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ވާދަވެރި ބިޑިންނަށް ހުޅުވާލައިގެންކަމަށެވެ.