ads
ދިރާގު ރަން
ދިރާގު ފުވައްމުލައް ރަން: ރަޖިސްޓްރޭޝަނަށް ބާކީ 2 ދުވަސް
ދިރާގު ފުވައްމުލައް ރަން 2025 ގައި ބައިވެރިވުމަށް ރަޖިސްޓަރީކުރުމަށް ބާކީ އޮތީ 2 ދުވަސް ކަމަށް ދިރާގުން މިއަދު އިއުލާން ކޮށްފިއެވެ.
Advertisement

މި ދުވުމަށް ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ 18 މާރިޗު 2025 އެވެ.

ދިރާގު ފުވައްމުލައް ރަން އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އާ އެޑިޝަނެކެވެ. ދުވުމުގައި ހިމެނޭ 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ކެޓެގަރީތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް www.dfr.mv މެދުވެރިކޮށް ރަޖިސްޓަރީކުރެވޭނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2 މެއި 2025 ވާ ހުކުރު ދުވަހުއެވެ. މި ދުވުން ފުވައްމުލަކުގައި ބޭއްވުމުގެ މަގުސަދަކީ، ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ފަދައިން، މި ދުވުމުގައި ވަނަތައް ހޯދާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 232،000 ރުފިޔާ ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަކީ ވޯލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެކެވެ. މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ދިވެހިރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް