އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކަނިކޮށް އަތުލައިގަތީ 3 އަންހެނުންކަމަށެވެ. މި މީހުން ރާއްޖޭގައި އުޅެމުން ދިޔައީ ވޯކް ވިސާގައިކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ މި މީހުން އަތުލައިގަތީ ފުޅާދާއިރާއެއްގައި މި މީހުން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. މީގެތެރެއިން 02 މީހަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު އަނެއް މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި ތިން މީހުންގެ ތެރެއިން ދެ މީހުންނަނީ ވިއެޓްނާމް ދެމީހުންނެވެ. އަނެއް މީހާއަކީ ލާއޯސްގެ ރައްޔިތެކެވެ.