ads
ކްރޮސް ރޯޑުގެ ހާޑް ރޮކް ރިސޯޓު
އާޓިޝަލް ރަށްތަކުގައި ޓޫރިޒަމް: ކްރޮސްރޯޑްސް ރިސޯޓްތައް ތަފާތުވަނީ ކީއްވެ؟
މާލެއާ ކައިރީގައި އާޓިފިޝަލް ރަށްތަކެއްގެ ގޮތުގައި ހަދާފައިވާ 9 ރަށުގެ މެގާ ރިސޯޓް ކޮމްޕްލެކްސްއެއް ކަމަށްވާ ކްރޮސްރޯޑްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ތަފާތު ތަޖުރިބާއެއް ހޯދައިދޭ ތަނެއްކަން ފާހަގަކުރެވެއެވެ.
Advertisement

މި ތަނުގައި ހަތަރު ރަށް މިހާރު ނިމިފައިވާއިރު، މީގެ ތެރެއިން ތިން ރިސޯޓް މިހާރު އަންނަނީ ހިންގަމުނެވެ.

ކްރޮސްރޯޑްސްގައި ހުންނަ ތިން ހޮޓަލަކީ ހާޑް ރޮކް ހޮޓެލް، ސައި ލަގޫން މޯލްޑިވްސް އަދި އެސްއޯ/ އެވެ. މި ތިން ރިސޯޓު ގުޅުވާލާފައިވަނީ، ދަގަނޑު ތަނބުތަކުގެ މަތީގައި ހަދާފައިވާ ލަކުޑި ފާލަމުގެ މަގުތަކަކުންނެވެ. 30 ބޯޓު އެއްފަހަރާ ގާތްކުރާނެ ބޮޑު މެރީނާއެއް ހުރެއެވެ. މިއީ ރާއްޖޭގައި ހުޅުވާފައިވާ އެހެން ރިސޯޓްތަކާ ތަފާތު ގޮތަކަށް ހިންގާ ތަނެއްކަން ފާހަގަކުރެވެއެވެ.

ކްރޮސްރޯޑްސްގެ އެންމެ ތަފާތު އެއް ކަމަކީ މިތަނަށް ރިސޯޓްގައި ނޫޅޭ މީހުންނަށް ހިލޭ ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިފައި އޮތުމެވެ. 

your imageކްރޮސް ރޯޑުގެ ރިސޯޓުތައް

ޓޫރިސްޓުންނާއި ދިވެހިންނަށް، މިތަނުގެ މެރީނާގައި ހުރި ރެސްޓޯރަންޓްތަކާއި، ސައި ލަގޫން ބީޗް ކްލަބް އަދި ގެލާޓޯ ބާގެ ހިދުމަތް ލިބެއެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް މިއީ ތޮއްޖެހިފައިވާ މާލޭގެ ތާށިކަމުން މިނިވަންވެ، ޗުއްޓީއެއްގެ ގޮތުގައި ކްރޮސްރޯޑްސްއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިފައި އޮތުމަކީ ވަރަށް ބޮޑު ނަސީބެކެވެ. މިކަމުގެ ސަބަބުން ކްރޮސްރޯޑްސްއަށް ދިވެހިންގެ ޝައުގުވެރިކަން ވެސް ވަނީ އުފެދިފައެވެ. 

ކްރޮސްރޯޑްސްގައި ހުރި ތިން ރިސޯޓްގައިވެސް މޫދުގައި ބިނާކޮށްފައިވާ ވިލާތަކާއި ގޮނޑުދޮށުގައި ހުންނަ ވިލާތައް ހުރެއެވެ. އަދި މި ތިން ހޮޓަލުގެ ތަފާތު ހިދުމަތްތައް އެކި އަގުތަކުގައި ލިބެއެވެ. ކްރޮސްރޯޑްސްގައި ހުރި 14 ރެސްޓޯރަންޓުގެ ތެރޭގައި ސްރީލަންކާގެ މަޝްހޫރު ޝެފް ދަރްޝަން މުނިދާސާގެ "މިނިސްޓްރީ އޮފް ކްރެބް" ފަދަ މަޝްހޫރު ރެސްޓޯރަންޓްތައްވެސް ހިމެނެއެވެ. މީގެއިތުރުން މެހެމާނުންނަށް ގިނަގުނަ ހަރަކާތްތައް ފޯރުކޮށްދެއެވެ. އޭގެތެރޭގައި ސަންރައިޒް ޔޯގާ، ޑޮލްފިން ވޮޗިންގް ކްރޫސް، ގޭމް ފިޝިންގް އަދި ސްނޯކަލިންގްއާއި ޑައިވިންގް ފަދަ ގިނަގުނަ ހަރަކާތްތައް ހިމެނެއެވެ.

your imageކްރޮސްރޯޑުގައި ހުންނަ މިނިސްޓްރީ އޮފް ކްރެބް:

އާޓިފިޝަލް ރަށްތައް ބިނާކުރުމުން ތިމާވެށްޓަށް ގެއްލުން ލިބިދާނެކަމުގެ ކަންބޮޑުވުންތައް އޮތްނަމަވެސް، ކުރިމަގުގައި މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއެކު ރާއްޖޭގެ ރަށްތައް ހިމާޔަތްކުރުމަށް މިފަދަ ރަށްތައް ބިނާކުރުމަކީ މުހިންމު ކަމެއްކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ. ރާއްޖެއަކީ ދުނިޔޭގައި އެންމެ ތިރީގައި އޮންނަ ގައުމަށްވެފައި، ގިނަ ރަށްތައް ހުންނަނީ ކަނޑު މަތިން މީޓަރެއްގެ އުސްމިނުގައި ކަމަށްވާތީ، 2050 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ 80 ޕަސަންޓު ރަށްތައް ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ދިއުމުގެ ބިރު އެބައޮތްކަމަށް ސައިންސުވެރިން ބުނެއެވެ.

ކްރޮސްރޯޑްސް ރިސޯޓް މޯލްޑިވްސްގައި އެހެން ރިސޯޓްތަކާ ތަފާތުވާ ކަމަކީ މިއީ އާންމުންނަށް ހުޅުވާލެވިފައިވާ ތަނަކަށްވެފައި، މިތަނުގެ ހިދުމަތްތަކުގެ ތެރެއިން ގިނަ ހިދުމަތްތަކެއް ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ވެސް ލިބެން ހުރުމެވެ. ރިސޯޓަށް ނާންނަ މީހުންނަށް ވެސް ބައެއް ހިދުމަތްތައް ލިބެން ހުރުމާއި ހިލޭ ޒިޔާރަތްކުރެވޭގޮތަށް ހުރުމަކީ މިތަން ތަފާތުވާ އެންމެ ބޮޑު އެއް ސަބަބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް