ads
ބިންވެރިޔާ ސްކީމުން މައްސަލަތަކެއް ފާހަގަވެގެން ފުލުހުންނަށް
ބިންވެރިޔާ ސްކީމުން މައްސަލަތަކެއް ފާހަގަވެގެން ފުލުހުންނަށް ހުށަހަޅައިފި
ހުޅުމާލެއިން ދޫކޮށްފައިވާ "ބިންވެރިޔާ" ސްކީމުގެ ތެރެއިން މައްސަލަތަކެއް ފާހަގަކުރެވިގެން، އެ މައްސަލަތައް ތަހުގީގު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފިއެވެ.
Advertisement

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެކި ފަރާތްތަކުން ހުއްދައަށް އެދެމުންދާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހާއްސަ އޮޑިޓެއް ހެދުމަށްފަހު، އެ ސްކީމާ ގުޅޭ އިތުރު މައްސަލަތަކެއް އޮޑިޓުން ފާހަގަވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"މި މައްސަލަތައް ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކުރިއަށްގެންދާނެ ކަމަށް،" އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނަޒާހަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ބިންވެރިޔާ ސްކީމަކީ ސަރުކާރުން ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި ތައާރަފްކޮށްފައިވާ ސްކީމެކެވެ. އެހެންނަމަވެސް މި ސްކީމުގެ ދަށުން ދޫކުރެވުނު ބިންތަކާ ގުޅިގެން އެކި އެކި މައްސަލަތައް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް