ads
އަމްބާނީގެ ދެމަފިރިން އަދި 40 ވަނަ އެނިވާސަރީ ކޭކު
އަމްބާނީގެ 40 އަހަރުގެ ކައިވެނީގެ އެނިވަސަރީއަށް 6 ފަށަލައިގެ ޚާއްސަ ކޭކެއް
މުކޭޝް އަދި ނީތާ އަމްބާނީގެ 40 އަހަރުގެ ކައިވެނީގެ އެނިވަސަރީއަށް 6 ފަށަލައިގެ ހާއްސަ ކޭކެއް ތައްޔާރުކޮށްފައިވާކަން ހާމަވެއްޖެއެވެ.
Advertisement

އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ އަމްބާނީ ޒައުޖުންގެ، އެ ދެމަފިރިންގެ 40 އަހަރުގެ ކައިވެނީގެ ހަނދާން އާކުރުމަށް ހާއްސަ ތައްޔާރީތަކެއް ކޮށްފައިވެއެވެ.

މި މުހިންމު ދުވަސް ފާހަގަކުރުމަށް، މުކޭޝް އަދި ނީތާ އަމްބާނީ ވަނީ މުމްބާއީގައި ހުންނަ ޑެލިސިއޭ ޕޭސްޓްރީ ފިހާރަ ހިންގާ މަޝްހޫރު ކޭކް ޑިޒައިނަރު ބަންޓީ މަހާޖަންއާ ކޭކެއް އޯޑަރުކޮށްފައެވެ. މި ކޭކަކީ އެމީހުންގެ ދަރިފުޅު އަނަންތް އަމްބާނީ ގުޖަރާތުގެ ޖަމްނަގަރުގައި ޤާއިމްކޮށްފައިވާ، ޖަނަވާރުތައް ރައްކާތެރިކޮށް އަޅާލާ ވަންތަރާ ސެންޓަރުން އިންސްޕަޔާކޮށްގެން ތައްޔާރުކޮށްފައިވާ ކޭކެކެވެ.

ބަންޓީ މަހާޖަން ތައްޔާރުކުރި 6 ފަށަލައިގެ މި ކޭކުގައި 30 ކިލޯގެ ރަން ކުލައިގެ ޖަނަވާރުންގެ ފިގާތައް ބޭނުންކޮށްފައިވެއެވެ. މީގެ ތެރޭގައި ސިންގާ، ޒަރާފާ، މަސް، އަދި އެނެހެން ޖަނަވާރުންގެ ފިގާތައް ހިމެނެއެވެ. ކޭކުގެ މެދު ބައިގައި މުކޭޝް އަދި ނީތާގެ އިނީޝިއަލްތައް ހިމަނާފައިވާއިރު، ކޭކުގެ މަތީގައި "ޑިއާ ނީތާ އެންޑް މުކޭޝް، ހެޕީ އެނިވަސަރީ" މިހެން ލިޔެފައިވެއެވެ.

މި ހާއްސަ ކޭކުގެ ވީޑިއޯ ބަންޓީ މަހާޖަން ވަނީ އޭނާގެ އިންސްޓަގްރާމް ޕޭޖްގައި ޝެއަރކޮށްފައެވެ.

"އަ ލަވިޝް ކްރިއޭޝަން ފޯ މިސިސް އެންޑް މިސްޓަ އަމްބާނީގެ އެނިވަސަރީ ކޭކް" މިހެން ލިޔެ ޝެއަރކުރި މި ވީޑިއޯއަށް ގިނަ ބަޔަކު ވަނީ ކޮމެންޓްކޮށް ތައުރީފުކޮށްފައެވެ. އެތައް ބަޔަކު މި ކޭކުގެ ރީތިކަމާއި ފަންނުވެރިކަމަށް ތައުރީފުކޮށް އެކި ގޮތްގޮތުން ކޮމެންޓު ކޮށްފައިވެއެވެ. ކޮމެންޓް ސެކްޝަނުގައި ބައެއް ފޮލޯވަރުން ކޭކުގެ ފްލޭވާ އާއި ފިލިންގއާއި ބެހޭގޮތުންވެސް ސުވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މުކޭޝް އަދި ނީތާ އަމްބާނީއަކީ ލަގްޒަރީ ލައިފްސްޓައިލްއަށް މަޝްހޫރު ދެމަފިރިން ކަމުގައި ވާއިރު، މީގެ ކުރިން އެމީހުންގެ ދަރިފުޅު އަނަންތް އަމްބާނީއާއި ރާދިކާ މާޗަންޓްގެ ކައިވެނީގެ ކުރީގެ ހަފްލާތަކަށްވެސް ފާހަގަކޮށްލެވޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް