
ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި ޝައްމާން މަގާމުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަން ފެށިކަން އިއުލާން ކުރިތާ ވަގުތުކޮޅެެއްގެ ތެރޭގައެވެ. އަދި މިކަމާއި ޝައްމާން ގުޅުންހުރިކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
މި މައްސަލާގައި ފުލުހުން ރޭ ވަނީ ޝައްމާނުގެ ގެއަށްވެސް ވަދެފައެވެ. އަދި އެގެ ބަލާ ފުލުހުން ވަނީ ފާސްކޮށްފައެވެ. އަދި އެގެއިން ބައެއް ސާމާނާ ފައިސާ ގެންގޮސްފައިވާކަން ވަނީ އެނގިފައެވެ. މި މައްސަލައާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޝައްމާން ވަކިކުރި ސަބަބެއްވެސް ސީދާ ސަރުކާރުން އަދި ނުބުނެއެވެ.
ކޮންޓްރޯލާކަމުން ޝައްމާން ވަކިކޮށް އެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަަސީހް ރޭ ގެ ދަންވަރުގެ ވަގުތެއްގައި ވަނީ އައްޔަން ކޮށްފައެވެ. .