
އުރީދޫ އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ރައްކާތެރިކަމާއި އެކު ޒަކާތް ދެއްކޭނެ
މުހައްމަދު އާދަމް އަހްމަދު
22 މާރޗް 2025 - 12:16:25
އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފިތުރު ޒަކާތް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، ފަސޭހަ ކަމާއި ރައްކާތެރިކަމާއެކު ދެއްކޭނެކަމަށް އުުރީދޫން ބުނެފިއެވެ.
ގޭގައި ތިބެގެން، ފޯނު މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުމަށް ހަދަން ޖެހޭގޮތް
- އެމްފައިސާ ވެބްސައީޓް މެދުވެރިކޮށް އެމް-ފައިސާއަށް ލޮގިންވެލާ
- ޒަކާތުގެ ބާވަތާއި އަދަދު އިހްތިޔާރުކުރޭ
- ތަފްސީލުތައް ޖަހާ
- ޕޭމަންޓް މެތަޑްގެ ގޮތުގައި އެމް-ފައިސާ އިހްތިޔާރުކޮށް ވޮލެޓް ނަންބަރު ޖަހާ
- ޕޭމަންޓް ކަށަވަރު ކުރުމަށް އޯޓީޕީ ވެރިފައި ކުރުން
އެމް-ފައިސާ މެދުވެރިކޮށް އުރީދޫ މޯލްޑިވްސް އިން ދަނީ ކޮންމެ ދުވަހަކު ކުރާ ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަކޮށްދީ ޑިޖިޓަލް ހިދުމަތްތަކަށް މުޖުތަމައުތައް ބާރުވެރި ކުރުވަމުންނެވެ. މިއީ ޑިޖިޓަލް މޯލްޑިވްސްގެ އެ ކުންފުނީގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ޒަރޫރީ މާލީ ހިދުމަތްތައް އެންމެންނަށް ވެސް ލިބެން ހުންނާނެ ކަން ކަށަވަރުކުރުންކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖޭގެ މަޝްހޫރު ޑިޖިޓަލް ވޮލެޓެއް ކަމަށްވާ އެމް-ފައިސާ އަކީ މަނީ ޓްރާންސްފާ، ޔުޓިލިޓީ ބިލް ޕޭމަންޓް އަދި މާޗަންޓް ޓްރާންސެކްޝަންފަދަ މާލީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ވޮލެޓެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް