ads
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމު ފުރުއްވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް
ވަކިވުމާ ހަމައަށް ސީއީއޯއަށް މުސާރަ ދިނިން: ޑިވެލޮޕްމަންޓް ބޭންކު
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް މަގާމުން ވަކިވުމާ ހަމައަށް ވެސް މުސާރަ ދީފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
Advertisement

ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްއަށް މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭނާ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. 

ޑިވެލޮޕްމަންޓު ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ސީއީއޯ މަގާމުން ވަކިވުމާ ހަމައަށް އޭނާ އަށް ހައްގު މުސާރަ ފުރިހަމައަށް ދީފައިވާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ސީއީއޯ މަގާމުން އިސްތިއުފާ ހުށަހެޅުއްވީ ބޭންކުން މުސާރަ އަދާނުކޮށްގެން ކަމަށް ނުދެކޭ ކަމަށްވެސް ޑިވެލޮޕްމަންޓު ބޭންކުގެ ބަޔާނުގައިވެއެވެ. 

ބޭންކުން ބުނި ގޮތުގައި މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން ސީއީއޯ ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައިކަމަށެވެ. އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު އެ ބޭންކްގެ ވަޒީފާގައި އެއްވެސް ދައުރެއް އޭނާ އަދާ ނުކުރައްވާކަމަށްވެސް ޑިވެލޮޕްމަންޓު ބޭންކުން ބުނެއެވެ. 

މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ހިދުމަތް ނުފެށި އުޅެނިކޮށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުރިންވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނޮއެލް ގްރެގާއަށް މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭނާ ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މަހުއެވެ. އޭނާ މަގާމުން އިސްތިއުފާ ދިނީ މައުލޫމާތު ލިބިފައިވާ ގޮތުގައި މާރިޗު މަހުއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް، މުސާރަ އާއި އިނާޔަތްތައް ނުލިބިގެން މައްސަލަ ހުށަހަޅާފައިވާކަންވަނީ ކަށަވަރު ކުރެވިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހުށަހެޅި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ރަޖިސްޓްރީކޮށްފައިވެ އެވެ. 

މި މަގާމަށް ނޮއެލް އައްޔަންކުރީ އޮގަސްޓު 2024 ގެ ތެރޭގަ އެވެ. އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއޮލް ދެކުނު އެފްރިކާގެ ކޭޕް ޓައުން ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރުމަށް ފަހު މާސްޓާސް ހެދީ އޮކްސްފޯޑް ޔުނިވާސިޓީންނެވެ. އޭނާއަކީ ވެސް ބޭންކިން ދާއިރާގައި 28 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ބޭންކަރެކެވެ.

ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު 16، ގައި ޑީބީއެމްގެ އޮފީހެއް މާލެގައި ހުޅުވި ނަމަވެސް މިހާތަނަށް އެ ބޭންކުން ހިދުމަތެއް ދީ އެއްވެސް ލޯނެއް ދޫކޮށްފައެއް ނުވެ އެވެ. ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އޮކްޓޯބަރު 13، 2024 ގައި ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ވެސް ކުރުމަށް ފަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް