ads
މަރިޔަމް ޒީނާ
14 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ޒީނާގެ ބަންދު އިތުރުކޮށްފި
މާލޭން، 14 ކިލޯގެ މަސްތުވާތަކެއްޗާއެކު ޓެކްސީއަކުން ހައްޔަރު ކުރި އަންހެން މީހާ، ބަންދު މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
Advertisement

މާލޭން، 14 ކިލޯގެ މަސްތުވާތަކެއްޗާއެކު ޓެކްސީއަކުން ހައްޔަރު ކުރި އަންހެން މީހާއަކީ، ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ. އޭނާގެ އަތުން ފެނުނު ކަމަށް ތުހުމަތު ކުރެވޭ މަސްތުވާތަކެއްޗަށް އޭނާވަނީ ކުރިން އިންކާރުކޮށްފައެވެ.

މަރްޔަމް ޒީނާ ހައްޔަރުކޮށްފައިވަނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހުގެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

މަރްޔަމް ޒީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަވެސް  15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އެ މުއްދަތު ހަމަވެގެން ދެން ޖެހި 15 ދުވަސްވެސް ހަމަވުމުން ތިންވަނަ ފަހަރަށް އޭނާގެ ބަންދު މިއަދުވަނީ އިތުރު ކޮށްފައެވެ. ޒީނާގެ ބަންދަށް މިއަދު ޖެހީ 30 ދުވަހެވެ.

ޒީނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އޭނާގެ އަތުން ކާރުގެ ޝީޓް މައްޗަށް ވައްޓާލި މަންޒަރު ފުލުހުންނަށްވަނީ ފެނިފަ އެވެ.

އެހެންނަމަވެސް މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗަށް ތުހުމަތު ކުރެވޭ ފަރާތުންވަނީ އިންކާރުކޮށްފައި ކަމަށް ބަންދު އަމުރު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ބަންދު އަމުރުގައިވާ ގޮތުން، ޒީނާ އަތުން ފެނުނީ 12.28 ކިލޯގެ މެތް އަދި 1.58 ކިލޯގެ ހެރޮއިން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް