
މި ކޯޓުތަކުގައި ޕެޑެލް ޓެނިސް ކުޅެން އަލަށް ފަށާ މީހުންނަށާއި ތަޖުރިބާކާރު ކުޅުންތެރިންނަށް އެކަށީގެންވާ ފެންވަރުގެ ވަސީލަތްތަކެއް ހުންނާނެ ކަމަށް ރިސޯޓުން ބުނެފައިވެއެވެ. ރާއްޖޭގެ ފިނި މާހައުލުގައި ޒަމާނީ ޑިޒައިނަކާއި ފެންވަރު ރަނގަޅު މެޓީރިއަލްތަކުން ތައްޔާރުކޮށްފައިވާ މި ކޯޓުތަކުން ކުޅުންތެރިންނަށް ހާއްސަ ތަޖުރިބާއެއް ލިބިގެންދާނެއެވެ.
ހުޅުވުމުގެ ހަފްލާގައި ޒަމްބްރޮޓާ އަދި ޑީޑާ ރިސޯޓުގެ މެހުމާނުންނާއެކު ބައިވެރިވެ، ޕެޑެލް ޓެނިސް މެޗުތައް ކުޅެ، މި ކުޅިވަރާ ދޭތެރޭ އެ ދެ ތަރިންގެ ލޯބި ހިއްސާކޮށްފައިވެއެވެ. މި ދެ ފުޓުބޯޅަ ތަރިންގެ ބައިވެރިވުމުން ކުޅިވަރަށް ލޯބިކުރާ މީހުންގެ ސަމާލުކަން ލިބި، ރާއްޖެއަކީ ފަހަރު އަދި މުނިފޫހިފިލުވުން އެކުގައި ލިބޭ މަންޒިލެއްގެ ގޮތުގައި އިތުރަށް ފާހަގަކުރެވިގެން ދިޔައެވެ.
ސާއީ ލެގޫން މޯލްޑިވްސްއިން ޕެޑެލް ޓެނިސް ތައާރަފުކުރުމުން ރިސޯޓުގެ ތަޖުރިބާ އިތުރަށް މުއްސަނދިވެ، މި ކުޅިވަރުގެ ބައިނަލްއަގުވާމީ މަގުބޫލުކަން އިތުރުވެގެންދާނެއެވެ. ޓްރޮޕިކަލް ޕެރަޑައިސްގެ ޖާޒުބިއްޔަތާއި ޒަމާނީ ވަސީލަތްތައް އެއްކޮށްލައިގެން، ރިސޯޓުން ވަނީ ޕެޑެލް ކުޅުންތެރިންނަށާއި ޓޫރިސްޓުންނަށް ހާއްސަ މަންޒިލެއް އުފައްދާފައެވެ.