ads
މީހަކު ހިނގަނީ:- ފޮޓޯ ކާޓް ވްރައިޓް ފިޓްނަސް
ހިނގުމުގައި ހެދޭ ގޯސްތަކުން ބޮޑެތި މައްސަލަތަކެއް ދިމާވެދާނެ
ހިނގުމަކީ އެންމެ ފަސޭހަ އަދި ރަނގަޅު ދުޅަހެޔޮ ދިރިއުޅުމަކަށް ކުރެވިދާނެ ރަނގަޅު ކަޝްރަތެއް ނަމަވެސް ގިނަ ބަޔަކު ހިނގުމުގައި ހެދޭ ބައެއް ގޯސްތަކުން ހަށިގަނޑަށް ގެއްލުން ލިބި، ބަރުދަން އިތުރުވުމަށް މަގުފަހިވެދާނެކަމަށް ފިޓްނަސް މާހިރުން ވަނީ ހާމަކޮށްފައެވެ.
Advertisement

ދަ ޓައިމްސް އޮފް އިންޑިއާގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ހިނގުމުގައި ކުރާ 4 މައިގަނޑު ގޯސް ވަނީ ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ ކަމަކީ ހިނގާއިރު ހުންނަ ގޮތެވެ. ގިނަ މީހުން ހިނގާއިރު ކޮނޑު ތިރިކޮށް ނުވަތަ ކުރިއަށް ލެނބިގެން ހިނގުމުން ބުރަކަށީގެ މައްސަލަތަކާއި ކަރުގެ ރިހުން އުފެދިދާނެއެވެ. މާހިރުން ލަފާދެނީ ބުރަކަށި ސީދާކޮށް، ކޮނޑު ދޫކޮށް، ބޯ މައްޗަށް ހުންނަ ގޮތަށް ހިނގުމަށެވެ. މިގޮތަށް ހިނގުމުން ހަށިގަނޑުގެ މެދުބައިގެ މަސްތައް ރަނގަޅަށް ބޭނުންކުރެވޭނެއެވެ.

ހިނގުމުގައި ހެދޭ ދެވަނަ ގޯހަކީ ހިނގާއިރު ދިގު ފިޔަވަޅު އެޅުމެވެ. ބާރަށް ހިނގުމުގެ ބޭނުމުގައި ވިއަސް، މިކަމުން ހުޅުތަކަށް ބާރުބޮޑުވެ، ހިނގުމުގެ ފައިދާ މަދުވެއެވެ. ކުރު އަދި އަވަސް ފިޔަވަޅުތަކެއް އެޅުމުން ހަށިގަނޑު ހަރުދަނާވެ، ކެލަރީ އިތުރަށް އެނދުމަށް މަގުފަހިވެއެވެ.

ތިންވަނަ ކަމަކީ ގޯސް ފައިވާނެއް ބޭނުންކުރުމެވެ. ރަނގަޅަށް ސަޕޯޓް ނުލިބޭ ނުވަތަ ބާވެފައިވާ ފައިވާން ބޭނުންކުރުމުން ފައިގެ ރިހުމާއި، ކަށިގަނޑުގެ ރިހުމާއި، އަދި ކަކުލުގެ މައްސަލަތައް ދިމާވެދާނެއެވެ. ރަނގަޅު ކުޝަން ހުރި، ފައިގެ ސައިޒަށް ފެތޭ ފައިވާން ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މާހިރުން ބުނެފައިވެއެވެ.

ހަތަރުވަނަ ކަމަކީ އަތްތައް ނުއުފުލާ ހިނގުމެވެ. ހިނގާއިރު އަތްތައް ހަށިގަނޑާ ޖެހިގެން ބޭއްވުމުން ކެލަރީސް އެނދުމާއި ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމުގެ ފުރުސަތު ގެއްލިގެންދެއެވެ. ފިޔަވަޅުތަކާ އެއްގޮތަށް އަތްތައް ގުދުރަތީގޮތެއްގައި ހަރަކާތްކުރުވުމުން ހިނގުމުގެ ދުވެލި އިތުރުވެ، މުޅި ހަށިގަނޑަށް ފައިދާކުރާ ކަމަކަށް ހިނގުން ބަދަލުވެގެންދާނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް