ads
ކޮންޓްރޯލާގެ މަގުން ކުއްލިއަކަށް ވަކިކުރި ޝައްމާން
ޝައްމާން އަންހެހުން ފޯނު ހިފަހައްޓާ ފުރުން މަނާކޮށްފި
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަގާމުން ވަކިކުރި، އިމްގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު އަނބިކަނބަލުންގެ ފޯނާ ފާސްޕޯޓް ހިފަހައްޓައިފިއެވެ.
Advertisement

ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ޝައްމާން ވަކިކުރީ މިދިޔަ ހުކުރު ދުވަހުގެރެއެވެ. އެއާއި އެކު ޖެހިގެން އައިރޭ އޭނާ ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް އޭގެ ވަގުތުކޮޅެއް ފަހުން ވަނީ ހައްޔަރުކޮށްފައެވެ. 

ކޯޓު އަމުރެއްގެ ދަށުން ޝައްމާން ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.

ފުލުހުން ބުނީ ޝައްމާންގެ މައްސަލާގައި އޭނާގެ އާއިލާގެ މެމްބަރެއްގެ ފޯނު ހިފަހައްޓާފައިވާކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އިތުރު ދެ މީހަކު ފުރުން މަނާ ކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން ފޯނު ހިފަހައްޓާ ފުރުން މަނާކުރި ޝަމްއާންގެ އަނބިކަނބަލުން ހިދްފާ ފާއިޒުކަން ވަނީ އެނގިފައެވެ. 

ޝައްމާންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު އަމުރުގައި ސަބަބެއްގެ ގޮތުގައިވަނީ އިމިގްރޭޝަންގެ ކުރީގެ އިސްވެރިޔާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިދާނެކަމުގެ ބިރު އޮތުމާއެކު، އަދި ހެކިތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭތީކަމަށެވެ. 

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ހުކުރު ދުވަހުގެ ރޭ ވަރަށް ލަސްވެފައި ވަނިކޮށް ކުއްލި ގޮތަކަށް ވަކިކުރުމަށް ފަހު، ސީދާ އޭނާއާ ގުޅޭ ގޮތުން ފުލުހުން ފުރަތަމަ ފަހަރަށް ރޭ ނެރުނު ބަޔާނުގައި ބުނީ، އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަ ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގީ ވެސް ފުލުހުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

އަދި، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންދިޔައީ ގިނަ އަދަދެއްގެ ފައިސާއާއެކުކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި، އޭގެ އެއް ދުވަސްފަހުން، ކުރީގެ ކޮންޓްރޯލަރ، ޝައްމާންގެ އަމުރަށް އެތަނުން 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެއިތުރުން، މި ބިދޭސީން ހައްޔަރުކުރި ގެ ބަލާފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަންގެ މުވައްޒަފެއް، ބަންދުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝައްމާން ދިރިއުޅުއްވަމުން ގެންދެވި އިމާރާތަށް ވަދެފައިވާކަން އެނގިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެެއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުކަމަށް ޝަމްއާން އައްޔަންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 19 ނޮވެމްބަރު 2023ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް