ads
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ތަރައްގީކުރި 'ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް' ރިސޯޓު - ފޮޓޯ:ޖާވަކަރަ
އެންމެ ރިސޯޓެއް ހިންގާ ދެ އަތޮޅުގައި އިތުރު ރިސޯޓްތަކަށް ފުރުސަތު ހުޅުވާލަނީ
ހދ. އަދި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީކުރުމަށް އަންނަ މަހު ފުރުސަތު ހުޅުވާލާނެކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ވިދާޅުވީ މި ދެ އަތޮޅުގައި މިވަގުތު ހިންގަމުންދަނީ އެންމެ ރިސޯޓެއް ކަމަށާއި، ޓޫރިޒަމް ދާއިރާ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް 53 އަހަރު ފާއިތުވެފައިވާއިރު، ޓޫރިޒަމް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެންމެ އެދެވޭ މިންވަރަށް ފުޅާވެފައި ނުވާތީ، މިކަމަށް ހައްލުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ކޮންމެ އަތޮޅަކަށް ވަކިން މާސްޓަރ ޕްލޭން ހަދައި، އެ އަތޮޅެއްގައި ޓޫރިޒަމް ތަރައްގީކުރުމަށް މާރކެޓިންގ ޕްލޭނެއްވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"ހދ. އަތޮޅުގައި ޓޫރިޒަމް އޮތީ އެންމެ ރަށެއް. އެހެން މަދުން ހުރި އަތޮޅުތަކުގައި އިތުރަށް އަލާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ވަރަށް ގާތްކޮށް މަސައްކަތް ކުރަމުން މިދަނީ. އަދި ހަމަ އެގޮތައް ތ. އަތޮޅުގައިވެސް އޮތީ އެންމެ ރިސޯޓެއް. އެގޮތުން ތ. އަތޮޅުވެސް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ވަރަށް އަވަހަށް މި އަންނަ މަސް ތެރޭގައި ހުޅުވާލާނަން" -މިނިސްޓަރު ތޯރިގު-

މިނިސްޓަރު ތޯރިގް ވިދާޅުވީ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އަތޮޅުތަކުގެ ތެރެއިން ހުޅުވިގެން ދިޔުމަކީ އިތުރު އިންވެސްޓަރުން އަންނާނެ ކަމެއްކަމަށެވެ. އަދި އެ އަތޮޅުތަކުގައި އިތުރު ރިސޯޓްތައް ހެދިގެން ދިޔުމަކީ ޓޫރިޒަމްގެ ފުރުސަތުތައް ފަހިވެ، އިގްތިސާދީ ހަރަކާތްތައް އިތުރުވުމާއެކު ރައްޔިތުންނަށް ލިބޭ މަންފާ އިތުރުވެގެންދާނެ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަލަށް އިސްލާހު ގެނެވުނު ޓޫރިޒަމް ގާނޫނަކީވެސް ޓޫރިޒަމް ދާއިރާ ކުރިއަށް އޮތްތަނުގައި ފުޅާވެ، ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރުމަށް އެޅޭ އިތުރު ބާރަކަށް ވެގެންދާނެކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް