މި ހާދިސާގައި ފިހުނު ދެމީހުންނަކީ އުމުރުން 31 އަހަރެވެ.
އަލިފާން ރޯވެފައިވަނީ ދެމަފިރިން ނިދާފައި ތިބި ކޮޓަރިއަށެވެ. ނަމަވެސް އަލިފާން ރޯވި ސަބަބާއި ދެމަފިރިންގެ ހާލަތާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް، އެ މީހުން ވަނީ ވަރަށް ބޮޑަށް ފިހިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހާދިސާ ހިނގި ފަހުން، ފުރަތަމަ ފަރުވާ ރަސްދޫގައި ދިނުމަށްފަހު، އިތުރު ފަރުވާ ހޯދުމަށް އެ ދެމަފިރިން ވަނީ މާލެ ގެނެސްފަ އެވެ. މިހާރު އެ ދެމަފިރިންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އިމަޖަންސީގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.