
އަހަރެންގެ އަތުގައި އީތަންގެ އިނގިލިތަކުން ބީހިލަންފަށައިފި އެވެ. އަތްތިލައާއި އިނގިލިތަކުން ފެށިގެން މައްޗަށް، އީތަންގެ ހަރަކާތް މިސްރާބު ޖަހައިފި އެވެ. ލޮލުގެ ތޫނު ނަޒަރު ސީދާކޮށްލާފައިވަނީ އަހަރެންގެ ލޮލަށެވެ. މައިބަދަ ތުރުތުރު އަޅުވާލާފައި މުޅިގައިން ހީބިހި ނެގި އެވެ. ދެމީހުންގެ މޫނުގެ ދުރުމިނުގައި އެންމެ އިންޗިއެއްވެސް ނުހުންނާނެ އެވެ. އަހަރެންގެ ނަފުސުގެ އެންމެ ގުނަވަނނެއްގައިވެސް އަހަރެންގެ އަމިއްލަ ބާރެއް ނެތެވެ.
'ޕްލީޒް ކިސް މީ އީތަން..!' އާދޭސްކުރަން ބޭނުންވި އެވެ.
ހިތް އެދެނީ އީތަންގެ ދެއަތުގެ ތެރޭގައި ވުމަށެވެ. އަހަރެންގެ ނޭވާއަށް އޮކްސިޖަންގެ އެހީއަށް އެދި ސަލާމްޖަހަންޖެހޭ މިންވަރަށް އީތަންގެ ބާރުގެ ދަށުގައި ވާން، މިވަގުތު ބޭނުމެވެ. މިފަދަ ބާރުގަދަ އިޝްގެއްގެ ޖަޒްބާތީ އެދުންތަކެއް އަހަރެންގެ ހިތުގައި ބާރުގަދަކޮށްފާނެކަމަށް ދުވަހަކުވެސް ހީނުކުރަމެވެ. އަހަރެން މިހާލަތަށް އައުމަށް މަޖުބޫރުކުރީ އީތަންގެ ލޯތްބެވެ. ވަގުތު ލޯތްބަށްޓަކައި ސަލާންޖަހަންވެސް އަހަރެން ބޭނުމެވެ.
މިވަގުތުގެ ހާލަތާއި ހަގީގަތް ހަނދާންނެތޭ މިންވަރަށް ލޯބިކުރަން ބޭނުމެވެ. ދުރުގައި ތިބުމާއި ވަކިވުމާއި ލޯބީގެ ވޭނާއި އަނިޔާގައި އަހަރުމެން ދެމީހުން ތަހަންމަލް ނުކުރާ އެންމެ ރިހުމެއްވެސް ނުހުންނާނެ އެވެ. އެ ހުރިހައި ހަނދާނެއް ނެތިގެންދާނެ މިންވަރަށް އަހަރެންގެ މި ހަށިގަނޑުގައި އީތަން ލޯބިކޮށްދިނުމަށް ސަލާންޖަހަންވެސް އަހަރެން ތައްޔާރެވެ.
ހަމައެވަގުތު ގޭގެ ފާރުތައް ފަޅައިގެންދާފަދަ ބާރުގަދަ ގުގުރިއަކާއެކު ކެރިގަނޑު ބޯކޮށްލައިފި އެވެ. އީތަންގެ ލޮލަށް އަހަރެން ބަލައިލީމެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ ރިހުމާއި އެތައް ސުވާލުތަކަކާއެކު އެވެ. އިހްސާސްކުރެވުނީ ދައްކަން ނުޖެހޭ، އަދި ދުލުން ހާމަކުރަން ނުޖެހޭ މިންވަރަށް އަހަންނަށް ބަސް ބުނެވިއްޖެ ކަމެވެ. އީތަންގެ ހަޔާތުގައި މުހިއްމުވި އެންމެން، އޭނާދޫކޮށްފައި ދިޔަ ފަދައިން އަހަރެން ހިނގައިދާނެތީ އީތަން ގަންނަ ބިރު އަހަންނަށް އިގެ އެވެ. ތަކުރާރުކޮށް އެއްކަމެއް ހަނދާންކޮށްދިނުމުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އެ ނަމްބަރެވެ.
"ޔޫ އާރ މައިން..، އައި އޯލްރެޑީ ޓޯލްޑް ޔޫ! ތަކުރާރުކޮށް ކިތައް ފަހަރު އެކަން ހަނދާންކޮށްދެވިއްޖެ..؟" ވައި އަޑުން އަހަރެންގެ ކަންފަތް ބުޑުގައި ބުނެލަމުން އަހަރެންގެ އިސްތަށިގަނޑު ތެރޭގައި އީތަންގެ މޫނު ފީނާލި އެވެ.
އިސްތަށިގަނޑުގެ ހިތްގައިމު މީރުވަސް އީތަންގެ ހިއްސުތަކާއި ހަމައަށް ފޯރިއިރު އަހަރެންގެ ނޭފަތުގައި ބީހުނީ ހަސަދައިގެ ދުންވަހެވެ. ޖަޒްބާތުގައި ލޯ މެރިފައިވިޔަސް، އީތަންގެ އެ ބުނެލުމުގައި ހުރި ނަފްރަތުގެ ނުރައްކާ އަހަރެން ބިރުގަންނަވާލި އެވެ.
"އެއްވެސް 'ގަރލްބޯއީ' އަކަށް ރިދީއަކީ އެމީހެއްގެ ހައްގުކަމަށް ދައުވާކުރާނެ ފުރުސަތެއް އަހަރެން ނުދޭނަން.. އެކަން ހަނދާން ކުރާތި!" އިންޒާރުގެ ބާރުން އަހަރެންގެ ބޮލަށް ބަރުވި އެވެ.
ހިމޭންކަމަށްވުރެން ބޮޑު ފަރުވާއެއް މިވަގުތު ނުދެވޭނެކަން ޔަގީންކުރީމެވެ. އީތަންގެ ހަށިގަނޑުގައި އަހަރެން ބައްދާލީ އެ ސަބަބަށްޓަކައި އެވެ. އަހަރެންގެ ބަރު ނޭވާގެ އަޑު އިވުނަސް، ފުރަތަމަ މިނެޓުގައި އީތަން ބައްދާވެސް ނުލި އެވެ. އެކަމަކު އިރުކޮޅަކުން ދެއަތުގައި ހުރިބާރެއްލާފައި ދެހަށިގަނޑު ފިއްތާލި އެވެ.
"ވަރަށް ވަރަށް ބޮޑަށް މިސްވޭ..! ރޭގައި ވަރަށް ބިރުވެރި ހުވަފެނެއްވެސް ފެނުނު... އަދި..!" ބައްދާލައިގެން ހުރެ ހިތްދަތިކަމާއެކު އީތަން ބުންޏެވެ.
އީތަން ދޫކޮށްލާފައި އާދެވުނުކަމުގެ މޮޔަ ހިތަށް އެރި އެވެ. އެފަދަ ކިތަންމެ ހާލަތެއް މި އުނދަގޫ ދިރިއުޅުމުގައި ކުރިމަތިވާނެ އެވެ. އެއިންކޮންމެ ފަހަރަކު އީތަން ދޫކޮށްލާފައި އަހަރެން އައުމަކީ، އަހަރެންގެ އަމިއްލަ އެދުން އިސްކުރެވުނނުކަމުގެ ހެއްކެކެވެ. އީތަންގެ މި ބިރުވެރިކަމާއި މިހާލަތުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި އަހަރެންނެވެ.
ދެފައިގެ އިނގިލިތަކުގެ ކުރި ޖައްސާފައި ހަށިގަނޑު އުފުލާލީމެވެ.
"އައި ނޯ..! އެންޑް އައި އެމް ސޯ ސޮރީ، އައި ލަވް.....!" އީތަންގެ ކަންފަތާއި ކައިރިވެލާފައި އަހަރެން ބުނީމެވެ.
ފަހު ޖުމުލަ އަހަރެންގެ ދުލުން ނިކުތުމުގައި އަހަރެންގެ ކުޑަވެސް ކޮންޓްރޯލެއް ނެތެވެ. ދެ ލޯ ބޮޑުކޮށްލެވުނެވެ. ކުރެވެން މިއުޅުނީ ކިހައިވަރެއްގެ ކަމެއް ހެއްޔެވެ؟ ބުނެވެން މި އުޅުނީ ކިހައިވަރެއްގެ އެއްޗެއް ހެއްޔެވެ؟ މާޒީގެ ބިރުވެރި ހަނދާންކުރާކަށް މިވަގުތު ނެތީމެވެ.
"ވަޓް؟؟ ވަޓް ޑިޑް ޔޫ ސޭ..؟" އީތަންގެ ހަށިގަނޑާއި އަހަރެން ދުރަށްލާފައި، ދެއަތުގައި ހިފާއި ކައިރިކޮށްލާފފައި ސުވާލުކޮށްލި އެވެ.
އަހަރެންގެ ދުލުން ބޭރުވި އިބާރާތާއި، ބޭރުވިޔަނުދީ ކޮންޓްރޯލް ކުރެވުނު އިބާރާތްވެސް ރެއަކާލައިފި އެވެ. ހހަމަ އެސިކުންތުގައި އެއްޗެއް ބުނުމަށް އަނގަ ހުޅުވާލީމެވެ. އެކަމަކު ދުލުން އެންމެ އިބާރާތެއްވެސް ނުނިކުތެވެ. ލިބުނު ހައިރާންކަމުގައި އަނގަ ލައްޕާލީމެވެ. ނޭފަތުގެ ކުރިއާއެކު މުޅި ދެ ކޯތާފަތުން ހޫނުކަން އިހްސާސްވެއްޖެ އެވެ. ލަދުން ދުވެފައިފޮސް ވަންނާނެ ހޮރެއް ނަމަވެސް ފެނޭތތޯ ބިންމައްޗަށް ބަލަން ފެށީމެވެ.
ލާނެއްކަމާއެކު އެއްމިޔަކަނުން ހިނިއައިސްފައިހުރެ އީތަން އަހަންނާއި ދިމާއަށް ބަލަމުންދިޔަ ނަޒަރުގެ ބާރުދަގަކަމުން، އަހަރެންގެ މޭ ފަޅާފައި ދެންމެ ދެންމެ ހިތް ނިކުންނަން އުޅޭފަދަ އެވެ. އީތަންގެ އަތުގެ ތެރެއިން އަހަރެން އަތް ދަމައިގަނެގެން ދުއްވައިގަތީމެވެ. ލޮލުގައި އަޅައިގަތީ އަހަރެންގެ ކޮޓަރީގެ ބޮޑު ބެލްކަނީގެ ހިތްގައިމު މަންޒިލެވެ. ޖެހިގެން ހުރި މީހާ ބުނާ އެއްޗެއްވެސް އޮޅުން ނުފިލާނެ މިންވަރަށް އަޑުގަދަކޮށް ވެހެމުންދިޔަ ކެރިގަނޑަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.
ވެހެމުންދިޔަ ފިނިފިނި ބޯކެރިގަނޑުގައި ތެމުމަށް އަހަރެންގެ ކުޑަވެސް އިއުތިރާޒެއް ނެތެވެ.
ވިއްސާރައިގެތެރެއަށް އީތަން ނިކުތީ އަހަރެންގެ ސަބަބުންނެވެ. މަޑުމަޑު ހިނގުމުގައި އައިސް، ހުއްޓުނީ އަހަރެންނާއި ވަރަށް ގާތުގަ އެވެ. ވަރަށް ވަރަށް ގާތުގަ އެވެ. މަޑުމަޑުން އަތް އުފުލާލާފައި އަހަރެންގެ ފުރަގަހުން ބުރަކަށީގައި އިނގިލިތައް ބީއްސާލި އެވެ. ލުއްކިއެއްޖަހާފައި އީތަންގެ ހަށިގަނޑުގައި އަހަރެން ތައްކޮށްލީ ބުރަކަށީގެ އެތަން މިތަނުގައި އީތަންގެ އަތުން ފިރުމަމުންނެވެ.
އަހަރެންގެ ވާތުކަންފަތުގެ ފޫޅުދަނޑިން ވެއްޓެމުންދިޔަ ފެންތިކި ޝިކާރަ ކުރުމަށް އީތަންގެ ތުންފަތުން، ހުރަހެއްނެތި ހަމަލާދީފި އެވެ. އަހަރެންގެ އެންމެ ހިއްސެއްގެ އިހްސާސްވެސް ނެތެވެ. އަތްފައިން ބާރުކެނޑި އީތަންގެ ގަމީސް އަހަރެންގެ ދެއަތުގެ ތެރެއަށް އޮޅާލާފައި ބާރަށް ހިފެހެއްޓީމެވެ. ކުރިއަށްވުރެން އެތައް ގުނައެއް ދެހަށިގަނޑު އެކުވެގެން ދިޔައީ އަހަރެންގެ މި ހަރަކާތުގެ ސަބަބުންނެވެ. ގަދަ ވިއްސާރައާއެކު ޖެހިލާ ފިނިފިނި ވައިރޯޅިން އާދައިގެ ހާލެއްގައި ހުންނަ އިންސާނަކަށް މިވަގުތު ކެތްކުރެވުމަކީވެސް ނާދިރުކަމެކެވެ. އަހަރެންގެ ގައިގެ ހިމަލޯލިތައް މައިތިރިކޮށްލާނެ އެންމެ ސިކުންތެއްވެސް ނުލިބެ އެވެ.
"މިސް، ރިދީ އިމާދު...! އަހަރެންގެ ފުރާނަ މި ހަށިގނަޑާއި ވަކިނުވެ، ދިރި މިހުރީ ހަމައެކަނި ރިދީގެ ސަބަބުން..! ޕްރިންސެސް، ތިއީ މި ހިތުގެ ވިންދު..! ދުވަހަކުވެސް، ދުވަހަކުވެސް އަހަރެން ދޫކޮށްލާނެކަމަށް، އަދި އަހަރެންނާއި ވަކިވާނެކަމަށް ތިޔަ ދުލުން އެންމެ ފަހަރަކު ބުނަންވެސް ހިތަށް ނާރުވާތި..! އޯކޭ؟"
އަހަރެންގެ ކަންފަތުގެ ތިރީކައިރީގައިވާ ހަންގަނޑުގައި ބައެއްފަހަރު ދަތް އަޅަމުން، ބައެއްފަހަރު ތުންފަތުން ހަމަލާދެމުން އީތަން ބުނެލި އެވެ. ބޮލުން އިޝާރާތްކުރުން ފިޔަވައި އެ ބުނުމަށް އިޖާބަދޭން އަހަންނަށްކުރެވުނު އެއްކަމެއްވެސް ނެތެވެ.
"މައިން..!"
އަހަރެންގެ ކަރުގެ މައިނާރާއި ދިމާއަށް އީތަންގެ ހަމަލާ އަމާޒުކޮށްފައި ބުނެލި އެވެ. އަހަރެންގެ ހަށިގަނޑުގައި ބަލިކަށި އެންމެ ކަށިކޮޅެއް އިންނަމަވެސް މިފަހަރު މުރުމުރު އަޅުވާލާފައި ބިންދައިގެން ދިޔައީހެވެ. އެހައި ބާރަށް އަހަރެންގެ ގައިގައި އީތަން ބައްދާފައި އޭނާގެ ބާރުގެދަށަށް ގެންގޮސްފި އެވެ. ދެހަށިގަނޑު ގާތްވުމުގެ މިފަދަ ބާރުގަދަ ޖަޒްބާތުތަކެއް، މިފަދަ ފިނިކަމެއްގެ ތެރޭގައި ދުވަހަކުވެސް އިހްސާސް ނުކުރަމެވެ. އަހަރެންގެ ސިކުނޑިއާއި ހިތުގައި ހިނގަމުންދާ އެއްވެސް ކަމެއް ދެނެގަންނާނެ ހަކަތައެއް މި ނަފުސަކު ނެތެވެ.
އީތަންގެ 'އައި ލަވް ޔޫ' އަޑުއަހަން އަހަރެންގެ ކަންފަތް ކެތްމަދުވާކަށް ނުޖެހެ އެވެ. ލޯބީގެ މިއަށްވުރެން ބާރުގަދަ އިހްސާސެއް މިހައިތަނަށް ދުނިޔޭގައި މީހަކު އިހްސާސްކޮށްފައި ވެދާނެކަމާއިމެދުވެސް އަހަރެން ސުވާލުއުފައްދާނަމެވެ. ދުނިޔޭގެ އެންމެސް ލޮލަކަށް އަހަރެންގެ ލޯބި، ހެކިކޮށްދޭކަށް ބޭނުމެއް ނޫނެވެ. އެންމެ ފަހު ނޭވާވެސް، މި ދެއަތުގެ ތެރޭގައި ދޫކޮށްލުމަށް އަހަރެންގެ ލޮލުންބޮލުން އެއްބަހެވެ! މިއީ އަހަރެންގެ 'ފޮރެވަރ' އެވެ.
"ޔޯސް!"
އަހަރެންގެ އީތަންގެ ހިތުގައި ކިސްކޮށްލަމުން ބުނީމެވެ.
އީތަންގެ ލޯތްބަކީވެސް، އީތަންގެ ހިތަކީވެސް އަހަރެންގެ ހައްގެކެވެ! މިއީ ހަމައެކަނި އަހަރެންގެ ލޯތްބެވެ!
.................
އަހަރެންގެ މޫނުގެ އެއްއަރިއަކުން އޭނާގެ އިނގިލިތައް ބީއްސަމުން ބައްޓަންތަކަށް އިނގިލީގެ ހަރަކާތްތައް ބަދަލުކޮށްލި އެވެ. ކޯތާފަތުން ފެށިގެން ތުންފަތުގެ ތިރީގައި ނިޔަފަތީގެ ކޮޅުން، ރޮނގުއަޅަމުން ދިޔަ އެވެ. ނިދާފައި އޮތްކަމަށް ގޮތް ދައްކައިގެން ކިހައި އިރަކު އަހަންނަށް މިގޮތުގައި ކެތްވާނެބާ އެވެ؟
ދަތްދޮޅިން ފެށިގެން ކަތުރުކަށިގަނޑުގެ ކޮންމެ ސޫތެއް، އޭނާގެ އިނގިލިތަކުގައި ރެކޯޑްކުރި އެވެ. އަހަރެންގެ މައިބަދައިން ފެށިގެން މުޅި ހަށިގަނޑު ތުރުތުރު އަޅަން ފަށައިފި އެވެ. ފިނިފިނި ދެއަތުން މޫނުގެ ދެފަރާތުގައި ހިފަހަށްޓާލީ މަޑުމަޑުންނެވެ.
"ރިދީ....!" އަހަރެންގެ އަމިއްލަ ހިއްސުތައް ބޭވަފާތެރިވެ، އަނގައިން ނިކުތީ އާހެކެވެ.
ނިދަންކަމަށް ހަދައިގެން މިގޮތުގައި ކެތްކޮށްފީމެވެ. ލޯބީގެ ގޯނާތަކަށް ހިއްސުތަކުގައި ތަޅުއަޅުވައިގެން ފުރުސަތުވެސް ދީފީމެވެ. ދެން ކެތެއް ނުވާނެ އެވެ.
"ޔެސް، އީތަން..!" ވަރަށް ދަންނަ ފިރިހެން އަޑެއް އަހަރެންގެ ކަންފަތުގައި ޖެހުނީ އެވަގުތު އެވެ. ޔަގީނުންވވެސް މިއަޑަށް ކަންފަތް ފަރިތަ އެވެ.
'ވެއިޓް!'
'އިޒް- ދެޓް..؟'
'އިޒް ދެޓް އަންހެންފިރިހެން އިކާން؟'
ހިތާއި ސިކުނޑި މަޝްވަރާކުރުމަށްފަހު އެސްފިޔަތައް ދުރުކުރަން މަޖުބޫރުކޮށްފި އެވެ. ދެ ލޯ ބޮޑުކޮށް، ފުންމައިގެން ތެދުވީމެވެ. ހުވަފެނީ ގޮތަކަށް ގަމީހެއްވެސް ނުލައި، އަހަރެންނާއި ދާދި ގާތުގައި އެއްއަތް މައްޗަށް އޮތް އިކާން ފެނުނީ ބިރުވެރި ހުވަފެނެއްގެ ގޮތުގަ އެވެ. އޭރުވެސް އިކާން އޮތީ އަހަރެންގެ ގައިގަ ފިރުމާށެވެ.
"އި- ކާ- ން- ...!!!!!!" ތުރުތުރު އަޅަމުން އެ ނަން ކިޔައިލެވުނީ ވަރަށް އުދަގުލުންނެވެ. ދަމާފައި ކުއިލްޓް ގެނެސް އަހަރެންގެ ހަށިގަނޑު ނިވާކުރީމެވެ.
"ޔެސް އީތަން..!" އަންހެން ގޮތަކަށް އެސްފިޔަތައް ތަޅުވާލާފައި، އަންހެން އަޑުން އިކާން އަހަންނާއި ވާހަކަދެއްކި އެވެ. ކުއްލިޔަކަށް އަހަންނާއި ދިމާއަށް ދެ އަތް ދިއްކޮށް އަހަރެން ގައިގައި ބައްދައިގަންނާއި އޭނާގެ ހަރަކާތް އަމާޒުކުރި އެވެ.
"ރިދީ!!!!" އަޑުގެ ނެތްތަނަށް އަހަރެން ހަޅޭއްލަވައިގަތީމެވެ. ރިދީގެ ހަބަރެއް ނުވި އެވެ.
"އިކާން... މިތާ.... އަހަރެންގެ ... އެނދުގައި.. ކަލޭ .. ކީއްކުރަނީ؟" ވިއްސާރައާއި ތެމިފައި އޮތް ހިކަންޖެއް ފަދައިން ތުރުތުރުއަޅަމުން އަހަރެން ސުވާލުކުރީމެވެ.
"ޝްޝްޝްޝް... އިޓްސް ނޮޓް އިކާން...! އިޓްސް އަންހެންފިރިހެން..!" ހަސްކީ ގޮތަކަށް އިކާން ބުނެލި މޫނުމައްޗަށް ފާޑުފާޑުގެ ވައްތަރު ޖައްސާފަ އެވެ. މިޒާތުގެ ބިރުވެރިކަމެއް ދުވަހަކުވެސް އިހްސާސެއް ނުކުރަމެވެ. އަހަރެންގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެ، ޗަކަގަނޑެއްގައި ވަޅުލާން ދޫކޮށްލާފައި ރިދީ ދިޔައީ ކޮންތާކަށް ހެއްޔެވެ؟
"ރިދީ..! ކާމިލް..! އަންޔާ..! ޕްލީޒް.. ޕްލީޒް .. މަ ސަލާމަތްކުރަން އާދޭ..!" އަހަރެންގެ ޓީޝާޓްވެސް އަތުޖެހޭ ހިސާބުގައި ނެތެވެ.
ގޭގައި އެކަކުވެސް ނެތީބާ އެވެ. އެހެން އެންމެން ކޮބައި ބާ އެވެ؟ އަހަރެން ކައިރީގައި ނުބުނެ ރިދީ ދިޔައީ ކޮންތާކަށް ހެއްޔެވެ؟
"އިކާން.. ހަމަ މިހާރު ދުރަށް ދޭ..! އަހަރެން މިއީ ކަލޭ ކަހަލަ މީހެއް ނޫން..! ތި ގްރޫޕް މީހުން ހޯދައިގެން ކަލޭ ޑްރާމާކުޅެން ދޭ..! މަގޭ އެނދުން ފައިބާ..!" ދެއަތުން ފޮޅަމުން، އަހަންނާއި ކައިރިއަށް އިކާން އަޔަނުދޭން އަހަރެން މަސައްކަތްކުރީމެވެ.
"ނޫން ނޫން އީތަން..! މިއަދު އަހަރެންގެ ހަގީގަތް ދައްކާލާނަން.." ރަތްކުލައިގެ ލިޕްސްޓިކް ޖައްސައިގެން އޮވެ، އަންހެން އަޑަކުން އިކާން ވާހަކަދެއްކި އެވެ. އަހަރެން ބިރުން ފިއްކެނޑޭވަރު ވެއްޖެ އެވެ. މި މީހާއާއި އަހަރެން ހަވާލުކޮށްފައި ރިދީދިޔައީ ކޮންތާކަށް ހެއްޔެވެ؟ ކުރިއަށްވުރެން ގާތަށް އިކާން ޖެހެލި އެވެ.
'ސްޕްލަޝް**- އައުޗް!'
"ނޯ!" އަހަރެން ހަޅޭއްލަވައިގަތީމެވެ.
ޖެހިގެން އައި ވަގުތުގައި ކޮޓަރީގެ ބޮކިތައް ދިއްލި، މަޑުމަޑު އަތަކުން އަހަރެންގެ އަތުގައި ފިރުމާލި އެވެ.
"އީތަން..!"
އަހަރެންގެ ބުރަކަށީގައި ފިރުމާލާފައި ލޯތްބާއެކު ރިދީ ގޮވާލި އެވެ. އަހަރެން އޮތީ އަހަރެންގެ އެނދުގަ އެވެ. ދާހިއްލާ ފޯވެ، މާނޭވާ ލެވިފަ އެވެ. އަހަރެންގެ މަގަތުގައި އިނދެގެން ރިދީ، އަހަރެން ހަމަޔަކަށް އެޅުވޭތޯ މަސައްކަތްކުރި އެވެ.
'ކުރިން ފެނުނީ ހުވަފެނެކެވެ. ބިރުވެރި، ވަރަށް ބިރުވެރި ހުވަފެނެކެވެ!' ސިކުނޑި ބުނެލި އެވެ.
"ރިދީ!" އަހަރެން އެންމެ ލޯބިވާ ނަމުން ގޮވާލީމެވެ.
ދެއަތުގައި ހިފާލާފައި ގެނެސް އަހަރެންގެ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލީމެވެ. ރިދީގެ ހަށިގަނޑު އަހަރެންގެ މެއާއިލައި ފިއްތާލުމުން އަމާންކަން ލިބިއްޖެ އެވެ. ހިތްގައިމު އިސްތަށިގަނޑުގައި މޫނު ފޮރުވާލައި އަހަރެންގެ ނޭވާ ހަމަޔަކަށް އަޅުވާލީމެވެ. އަހަރެންގެ ހުވަފެން ހިތަށް އެރުމުން ދެ ލޯ މަރައިލެވުނެވެ.
މީގެފަހުން ދުވަހަކުވެސް، ދުވަހަކުވެސް އިކާންއާއި ދިމާއަށް 'އަންހެން ފިރިހެން އިކާން' ނުކިއުމަށް އަހަރެން ވައުދުވީމެވެ. ދެން އަހަރެން ކިޔާނީ، އެހެންމީހުންވެސް، ރިދީވެސް ކިޔާގޮތަށް 'އިކާން' އެވެ.
"އީތަން، އާ ޔޫ އޯކޭ؟"
ސައިޑް ޓޭބަލްމަތީގައި ހުރި ފެންތަށި ނަގާފައި ރިދީ އަހަންނަށް ދިއްކޮށްލި އެވެ. އަހަރެންގެ ހާލަތަށް ރިދީ ކަންތައްބޮޑުވެ، ހާސްވެފައިވާކަން އޭނާގެ މޫނުން ސާފުކޮށް ފާޅުވެ އެވެ. އަހަރެން ފެންފޮދެއް ބޯލުމުން، ކުރިއެކޭވެސް އެއްގޮތަށް ބުރަކަށީގައި ރިދީ ފިރުމާލި އެވެ.
"ހޫމްމްމ.. ޔެސް!" ބަލިކަށި ހިނިތުންވުމަކާއެކު އަހަރެން ބުނީމެވެ. (ނުނިމޭ)