ads
- ފޮޓޯ:ބީއެމްއެލް
އޯޓީޕީ ކޯޑު ހިއްސާ ކޮށްގެން ފޭރޭ މިންވަރު އިތުރުވަނީ
ދިވެހި ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން މިއަދު އާންމުކުރި މައުލޫމާތުގައި ވައިބަރ ހެކްކޮށްގެން އޯޓީޕީ ކޯޑު ހޯދައި ފައިސާ ފޭރޭ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ބުނެފިއެވެ.
Advertisement

މިފަދަ ސްކޭމްތަކުގައި އާއިލާ މެންބަރުންނާއި ރައްޓެހިންގެ ނަމުގައި މެސެޖް ފޮނުވައި، ފައިސާ ހޯދުމަށް މަސައްކަތްކުރާ ކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ އޯޓީޕީ ކޯޑު އެއްވެސް ހާލެއްގައި އެހެން ފަރާތަކާ ހިއްސާ ނުކުރުމަށެވެ. އަދި ވައިބާ މެދުވެރިކޮށް ފައިސާ އެދޭ މެސެޖެއް ލިބުމުން، ވަގުތުން ފައިސާ ނުފޮނުވައި، އެއީ ކޮން ފަރާތެއްކަން ރަނގަޅަށް ޔަގީންކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ. ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މިފަދަ ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ފުލުހުން ވަނީ ހާއްސަ ކޯލް ސެންޓަރެއް ގާއިމްކޮށްފައެވެ. މި "އެންޓި ސްކޭމް ސެންޓަރު" މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތަކާއެކު ކުރަންޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނެއެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ނޭޝަނަލް އިމަރޖެންސީ ނަންބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މީގެ އިތުރުން މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް