
އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި މައްސަލައިގައި ހައްޔަރުުކުރި ދެމީހުންގެ ތެރޭގައި ފުލުހަކުވެސް ހިމެނެއެވެ.
މި މައްސަލާގައި ހައްޔަރުުކުރީ މ. ސިލްވަނެސްޓް، އުމުރުން 46 އަހަރުގެ އަހުމަދު އަފްޒަލާއި ދަފްތަރު ނަމްބަރު ރސ. 14358، އުމުރުން 38 އަހަރުގެ ޔޫސުފް ނަޒީރު އެވެ. މި ދެމީހުންގެ ތެރެއިން ޔޫސުފް ނަޒީރަކީ އެއާޕޯޓުގައި ޑިއުޓީ ކުރާ ފުލުހެކެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ކޯޓުން މި ދެމީހުން ދޫކޮށްލާފައިވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. ފުލުހުން ވަނީ މި ދެމީހުންގެ ބަންފުގެ މުއްދަތު ޖަހާދިނުމަށް އެދިފައެވެ. އެހެންނަމަވެސް ކޯޓުން މި ދެމީހުން ޝަރުތުތަކާއި އެކު ވަނީ ދޫކޮށްލާފައެވެ.
މި މީހުން އެއާޕޯޓުން ވަގަށް ސިނގިރޭޓް ބޭރުކުރާކަން ފަޅާ އެރީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނުމުންނެވެ.
މި މައްސަލާގައި ހިމެނޭ ނަޒީރަކީ ފުލުހެއް ކަމަށް ވާތީ އޭނާ ހައްޔަރުކުރުމާއި އެކު ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފައެވެ.