ads
ނ. މިލަދޫގެ ފުޓްބޯޅަ ދަނޑު
މިލަދޫގެ ފުޓްބޯޅަ ދަނޑު 7 އަހަރަށްފަހު ނިމާލައިފި
ނ. މިލަދޫގެ ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް 7 އަހަރަށްފަހު ނިމާލައިފި އެވެ.
Advertisement

މި ދަނޑަކީ 2017 ވަނަ އަހަރު މަސައްކަތް ފެށި ނަމަވެސް އެކި ސަބަބުތަކާ ހުރެ ނުނިމި ލަސްވެފައިވާ ދަނޑެކެވެ. 

މި ދަނޑުގެ މަސައްކަތް ނިންމާފައިވަނީ މިލަދޫގެ ކައުންސިލާއި ޒުވާނުން އެދިފައިވާ ގޮތަށް، ރަށުގައި ހުއްޓިފައިވާ މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމުގެ ދަށުންނެވެ. މިގޮތުން ދަނޑުގެ ސަބް-ބޭސް ރަނގަޅުކޮށް، ޓާފް އަޅައި، ވަށާފާރާއި ފެންސް މަރާމާތުކޮށް، ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވެ އެވެ.

މި ސަރުކާރުން އަތޮޅުގައި ތަރައްގީކޮށްފައިވަނީ މިލަދޫގެ ފުޓްބޯޅަ ދަނޑުގެ އިތުރުން ފުނަދޫގައިވެސް އާ ފުޓްބޯޅަ ދަނޑެކެވެ. އަދި މިލަދޫ ދަނޑުގެ ލައިޓްވެސް މި ސަރުކާރުގެ ދައުރުގައި ޖެހުމަކީ ސަރުކާރުގެ އަމާޒެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް