
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
މާރާމާރީއެއްގައި ހިމެނޭ ހަތް ޒުވާނަކު ވާނުވާ ބަންދަށް
އަހުމަދު ހަސަން
27 މާރޗް 2025 - 03:52:54
މާރާމާރީ ހިންގުމުގެ މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ހަތް މީހުންގެ މައްޗަށް ހިމެނޭ ގްރޫޕެއް "ވާނުވާ ބަންދަށް" ލައިފިއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހުގެ އަމުރަށް ޝަރީއަތް ނިމެންދެން ބަންދު ކުރި ހަތް މީހުންނަކީ އައްޑޫ ސިޓިއަށް ނިސްބަތްވާ ހަ މީހަކާއި، ފުވައްމުލަކަށް ނިސްބަތްވާ މީހެކެވެ.
- އަހްމަދު ސަހާއު އަޒީޒު 19، ކަސީރާގެ ސ. ހިތަދޫ
- މުހައްމަދު ސަހާފް ހަލީލް 21، ގިނަމާގެ ސ. މަރަދޫފޭދޫ
- ޔޫސުފް މުހައްމަދު 21، ދުގެތިމާގެ ސ. ހިތަދޫ
- ލޫތު އިބްރާހީމް 21، ސިލްވަރުވިލާ ސ. ހިތަދޫ
- އަހްމަދު ހުނައިފު އަބްދުއްސައްތާރު 24، ފެންވިލާގެ ދޫޑިގަމް ޏ. ފުވައްމުލައް
- އަލީ ނަވާޒް އަމްޖަދު 25، މެޓްރޯވިލާ ސ. ހިތަދޫ
- މޫސާ ސާދިގު 31، ދުގެތިމާގެ ސ. ހިތަދޫ
މާރާމާރީގެ ތުހުމަތު ކުރެވޭ މި އެންމެންގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، މި މައްސަލައާ ގުޅޭ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ކޯޓަށްވަނީ ހުށަހަޅާފައެވެ.
ވާނުވާ ބަންދު އާއްމުކޮށް ކިޔައި އުޅެނީ ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ ނިމެންދެން ކުރާ ބަންދަށެވެ. އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް