ads
ފ. މަގޫދޫ ރަސްމީ ފާލަން ރައީސް ސާލިހް ހުޅުވާ ދެއްވަނީ
މަގޫދޫ ރަސްމީ ފާލަން ހުޅުވާދީނީ ރައީސް ސާލިހް، އެރަށުން ހޫނު މަރުހަބާއެއް
ފ.މަގޫދޫ ރަސްމީ ފާލަން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރަސްމީކޮށް ހުޅުވައި ދެއްވައިފި އެވެ.
Advertisement

މަގޫދޫ ކައުންސިލެގް ދައުވަތަކަށް ރައީސް ސާލިހް އެރަށަށް ވަޑައިހަތީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން ރަށު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. 

your imageރައީސް ސާލިހަށް ފ. މަގޫދޫވަނީ ހޫނު މަރުހަބާއެއް ކިޔާފައި 

މަގޫދޫގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ސާލިހް ވަނީ މަގޫދޫ ރަސްމީ ފާލަމާއި އެ ރަށު ދަތުރުވެރިންގެ ހިޔާ އާއި ލައިސަންސް ޓްރެކް ރަސްމީކޮށް ހުޅުވާދެއްވާފައެވެ. މި ހުރިހާ ތަންތަނަކީ މަގޫދޫ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން ތަރައްގީކޮށްްފައިވާ ތަންތަނެވެ. 

your imageރައީސް ސާލިހަށް މަގޫދޫން މަރުހަބާ ކިޔަން ނުކުމެ ތިބި ރައްޔިތުން 

މަގޫދޫ ކައުންސިލް އިން ތަރައްގީ ކޮށްފައިވާ ބައެއް ތަންތަން ރައީސް ސާލިހު ރޭ ރަސްމީކޮށް ހުޅުވައި ދެއްވާފައިވާއިރު، މިދިޔަ ވެރިކަމުގައި ރައީސް ސާލިހް ވަނީ އެރަށުގައި ތަރައްގީގެ މުހިއްމު މަޝްރޫއުތަކެއް ހިންގަވާފައެވެ. 

އެގޮތުން އެރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި މީގެއިތުރުން އައުޓްޑޯ ވޮލީ ކޯޓަކާއި، ކުޑަ ކުދިންގެ ޕާކެެއްވެސް ވަނީ ހަދާފައެވެ. 

your imageމަގޫދޫން މަރުހަބާ ކިޔަން ނުކުތް ރައްޔިތުންނާއި ރަައީސް ސާލިހް ސަލާމް ކުރައްވަނީ 

މީގެއިތުރުން މަގޫދޫ އެއާޕޯޓް ގާއިމުކުރުމުގެ މަސައްކަތް ފަށާ އެ މަސައްކަތުގެ ބޮޑު ބައެއްވެސް މިދިޔަ ސަރުކާރުން އޮތީ ނިންމާފައެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ އެ މަސައްކަތް މަޑުޖައްސާލާ އެރަށާއި އިންވެގެން އޮތް ނިލަންދޫގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް