ބޭރު ފައިސާގެ ގާނޫނެއް އެކުލަވާ އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރު ޖެނުއަރީ މަހުން ފެށިގެންނެވެ.
މި ގާނޫނުގެ ދަށުން ކުރަން ޖެހޭކަންކަން
'ރައްޔިތުންނާ އެކު' ގެ ނަމުގައި ރައީސް މުއިއްޒު މިއަދު އަލަށް ފެއްޓެވި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން މަނިކުފާނު ވިދާޅުވީ ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގެނައި ބަދަލާއި އެކު އެކަމަށް ފަތުރުވެރިކަމިގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. އެގޮތުން ޖެނުއަރީ ފެށިގެން އަހަރުގެ މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށާއި މިއީ ކުރިން ބޭންކުތަކަށް މާރުކުރާ ޑޮލަރާ އަޅާބަލާއިރު %40 އިތުރު އަދަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑޮލަރު ބޭންކަށް މާރުކުރުމުން އޭގެ ނަތީޖާއަކަށް ވަނީ ކުރިން އެމަނިކުފާނު އިއުލާނުކުރައްވާފައިވާ ގޮތަށް ބޭރަށް ފުރާ ދިވެހިންނަށް އެއާޕޯޓުން ވިއްކާ ޑޮލަރު 500 އިން 1،000އަށް އިތުރު ކުރެވުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ކްރެޑިޓް ކާޑުގެ ލިމިޓު ދެ ގުނަ ބޮޑުކޮށް، ޓީޓީ ހެދުމުގެ ކަންތައްތަކަށްވެސް އިތުރު ފުރުސަތު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.