ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި އެވެ.

Advertisement
ގެއްލުންދީފައިވަނީ މަރަދޫގައި ހުރިހާ ކެންޑިޑޭޓުންގެ ފޮޓޯ ފެންނަ ގޮތަށް ބަހައްޓާފައި ހުރި ޕޯސްޓަރުތަކަކަށެވެ. އެގޮތުން ކަޓަރު ފަދަ އެއްޗެއް ބޭނުންކޮށްގެން އެ ޕޯސްޓަރުތަކަށް ވަރަށް ބޮޑަށް ވަނީ ގެއްލުންދީފަ އެވެ.
"ކޮންމެ ބަޔަކު ކުރިޔަސް، ކޮށްގެންވާނެ ކަހަލަ ކަމެއް ނޫން އެއީ. ޑިމޮކްރަސީގަ، ސިޔާސީ ގޮތުން އަޅުގަނޑުމެން މިތިބީ ރަނގަޅު ހިސާބަކަށް އާދެވިފަ. ކަޅުތެޔޮ ޖަހައި، ޕޯސްޓަރުތަކަށް ގެއްލުން ދީގެން އިންތިހާބު ކާމިޔާބު ކުރާ ޒަމާނެއް ނޫން މިއީ. އެ އަށް ވުރެ ތަސައްރަފު ފުދިގެން ކެމްޕެއިން ކުރަން ވާނީ. އަޅުގަނޑަކަށް ނޭނގޭ ކޮން ބަޔަކު ކޮން މަގުސަދެއް ހާސިލް ކުރަން ކުރި ކަމެއް ކަމަށް މިއީ،" ސަރުކާރު ހިންގާ ޕާޓީގެ އައްޑޫގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވި އެވެ.
ސިނާން ވިދާޅުވީ، ސިޔާސީ ކަންކަމުގައި ކުރިއަށް ދާއިރު އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ދިނުމަކީ އެއީ ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
މިކަން ކުރި ބަޔަކު މިހާތަނަށް އެނގިފައެއް ނުވެ އެވެ.