ads
"ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި - ފޮޓޯ: އެމްއޭސީއެލް
"ވެލާނާ އެވޯޑްސް"ގެ ނަމުގައި ތިން ދާއިރާއަކުން 22 އެވޯޑެއް ދީފި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފިއެވެ.
Advertisement

ވެލާނާ އެވޯޑްސްއަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ދޭން ފެށި އެވޯޑެކެވެ. ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް, އެކަމުގެ އަގުވަޒަންޗކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެ އެވޯޑު ދޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. 

"ވެލާނާ އެވޯޑްސް"ގެ ނަމުގައި ކްރޮސް ރޯޑްސްގައި ރޭ ބޭއްވި ހަފްލާގައި ދިން އެ އެވޯޑަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން އެފަދަ އެވޯޑެވެ. އެ އެވޯޑުގައި އެއާލައިން އޮފް ދަ އިޔާ ލިބުނީ އެތިހާދު އެއާވޭސްއަށެވެ. އަދި ފްރައިޓާ އޮފް ދަ އިޔާ ލިބުނީ އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް އަށެވެ.

your image"ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި - ފޮޓޯ: އެމްއޭސީއެލް

މި އަހަރުގެ އެވޯޑް ރަސްމިއްޔާތުގައި 3 ދާއިރާއަކުން 22 އެވޯޑް ވަނީ ދީފަ އެވެ. 

ވެލާނާ އެވޯޑްސް ލިބުނު ފަރާތްތައް:

  • އެއާލައިން އޮފް ދަ އިޔާ: އެތިހާދު އެއާވޭސް
  • ފްރެއިޓާ އޮފް ދަ އިޔާ: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް

ޕަސެންޖާ އެވޯޑް (އިންޓަރނޭޝަނަލް) – ޓޮޕް އެއާލައިން ބައި ޕެސެންޖަރ ގްރޯތް:

  • އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: އެއާއޭޝިއާ
  • މިޑިލް އީސްޓް: އިއްތިހާދު އެއާވޭސް
  • ކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓް
  • ޔޫރަޕް: ވާޖިން އެޓްލާންޓިކް
  • އިންޑިއަން ސަބްކޮންޓިނެންޓް: ފިޓްސް އެއާ

ޕަސެންޖާ އެވޯޑް (އިންޓަރނޭޝަނަލް) – ޓޮޕް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް:

  • އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: ސިންގަޕޯ އެއާލައިންސް
  • މިޑިލް އީސްޓް: އެމިރޭޓްސް
  • ކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓް
  • ޔޫރަޕް: ޓާކިޝް އެއާލައިންސް
  • އިންޑިއަން ސަބްކޮންޓިނެންޓް: އިންޑިގޯ

ޕެސެންޖަރ އެވޯޑް (ޑޮމެސްޓިކް)

  • ޓޮޕް ޑޮމެސްޓިކް އެއާލައިން ބައި ޕެސެންޖަރ ގްރޯތް: މަންތާ އެއާ
  • ޓޮޕް ޑޮމެސްތިކް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)

ކާގޯ އެވޯޑް:

  • ޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އިމްޕޯޓް: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް
  • ޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސް
  • ޓޮޕް އެއާލައިން ބައި ސީ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސް
  • ޓޮޕް އެއާލައިން ބައި ކާގޯ ތްރޫޕުޓް: އެމިރޭޓްސް

ލައުންޖް އެވޯޑް ކެޓަގަރީ:

  • ވިލު ޕާޓްނަރ އެވޯޑް – ޖަވަކަރަ އައިލެންޑް މޯލްޑިވްސް
  • މާމަހި ޕާޓްނަރ އެވޯޑް (ޓްރެވަލް އެޖެންޓް އެންޑް ޓުއަރ އޮޕަރޭޓަރ): އަވިއާ މޯލްޑިވްސް
  • މާމަހި ޕާޓްނަރ އެވޯޑް )ރިސޯޓް): ސޮނެވާ ރިސޯޓްސް, މޯލްޑިވްސް
  • ކޮވެލި ޕާޓްނަރ އެވޯޑް - އެމިރޭޓްސް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;