
މާލެ މަތިން ނަގާފައިން ފޮޓޯއެއް
މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު މިރޭ ފެނިއްޖެ
އަލީ މިދުހަތު
30 މާރޗް 2025 - 02:35:49
މާލެ ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މައްޗަންގޯޅީގައި ހުންނަ ގެއެއްގައި ހަބަރެއް ނެތި މީހަކު އޮތްކަމުގެ މައުލޫމާތު މިރޭ 12:22 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މަރުވެފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް