
އުދަ އަރައިގެން ރަށެއްގައި ފެން ބޮޑުވެފައިފައި: ފޮޓޯ ރައީސް ނަޝީދު
ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވަނީ: ހއ. އިން ލ. އަށް ވައިޓް އެލާޓް
ގުފްތަގް އަޖީރު
19 މޭ 2025 - 16:39:49
ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވަމުން އަންނާތީ މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މި ވައިޓް އެލާޓް ދެމިއޮންނާނީ މިއަދުގެ 15:30 އިން ފެށިގެން މިރޭގެ 20:30 އަށެވެ. މެޓް އޮފީހުން ބުނީ މި މުއްދަތުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ގޯސްވެފައިވާތީ މިއަދު ހެނދުނު މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ހުޅަނގު މޫސުން ފެށުނީ މި މަހުގެ ކުރީކޮޅުގައެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވަމުން އަންނާތީ ކަމާ ބެހޭ އިދާރާތަކުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްވެފައިވާ ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާއިރު އިތުރު ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް