ads
ހޮޅުދޫ ބޯޓުގައި ރޯވުން
ހޮޅުދޫ ބޯޓުގައި ރޯވުން: މަރު ސާބިތުނުވެ އެއް މަސް ދުވަސް
ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު އަލީ މުޝްފިޤު ޝަރީފުގެ މަރު ސާބިތުކުރުމަށް ލ. މާވަށު މެޖިސްޓްރޭޓް ކޯޓުން ފެށިތާ މިހާރު ވަނީ އެއް މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
Advertisement

އެކަމަކު އަދިވެސް ވަކި ގޮތެއް ނިންމާފައި ނުވާކަމަށް މާވަށު ކައުންސިލުން މިއަދު ބުނެފިއެވެ. މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުން ދަނިކޮށް ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި މުޝްފިގު ގެއްލުނެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވާ މުޝްފިޤު ނިޔާވެއްޖެ ކަމަށް ނިންމައި މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ހުކުރު ނަމާދަށް ފަހު ގައިބަށް ކަށު ނަމާދު ކުރުމަށް މާވަށު ކައުންސިލުން ނިންމިއެވެ. އެކަމަކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށެވެ. އެހެންކަމުން އެ ދުވަހު ބާއްވަން އޮތް ކަށުނަމާދު ވަނީ ކެންސަލްކޮށްފައެވެ. މާވަށު ކޯޓުން މިއަދު ބުނީ އެ މައްސަލައިގައި ދެން އޮތީ އެންމެ ފަހު އަޑުއެހުން ކަމަށާއި ވަރަށް އަވަހަށް އެ އަޑުއެހުން ތާވަލުކުރާނެ ކަމަށެވެ.

އެމްއެންޑީއެފް އިން އަންނަނީ އަދިވެސް  މުޝްފިޤު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ

ހޮޅުދޫ ބޯޓުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އެ ރޭގެ 21:07 ހާއިރުއެވެ. ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު" ގައި 18 މީހުން ތިއްބެވެ. އޭގެތެރެއިން ސަލާމަތްވީ 17 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް