
ސެއިހް އިލްޔާސް މަންމައާއި އެކު
ޝެއިހް އިލްޔާސްގެ މަންމަ ނިޔާވެއްޖެ
މުހައްމަދު އާދަމް އަހްމަދު
30 މާރޗް 2025 - 06:42:49
ދީނީ އިލްމުވެރިޔާ ޝެއިހް ޑރ. އިލްޔާސް ހުސައިންގެ މަންމަ އައިޝަތު ދިޔެ ނިޔާވެއްޖެ އެވެ.
އުމުރުން 91 އަހަރުގައި އައިޝަތު ދިޔެ ނިޔާވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
ޝެއިހް ޑރ. އިލްޔާސް ހުސައިންގެ މަންމަގެ ކަށުނަމާދު އޮންނާނީ މިއަދުގެ އީދު ނަމާދަށް ފަހު އައްޑޫ ސިޓީ ހިތަދޫ މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތް)ގައެވެ.
ޝެއިހް އިލްޔާސްގެ މަންމަ ނިޔާވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ ހިތާމައިގައި ބައިވެރިވެ، މައްޔިތާއަށް ހެޔޮ ރަހުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި ދުއާ ކުރައްވާފައެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް