
މިމަހުގެ 24 ވަނަދުވަހުގެ ރޭ 10:30 ކަންހާއިރު ހިނގި ހާދިސާގައި ފިހުނީ އުމުރުން 31 އަހަރުގެ ދެމަފިރިއެކެވެ. ފިހުނު ދެމަފިރިންނަކީ އއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ނަރުހަކާއި ބީއެމްއެލްގެ މުވައްޒަފެކެވެ.
ޑޮކްޓަރުންނާއި ހަވާލާދީ އެ އާއިލާއިން ބުނީ އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ ހަށިގަނޑުގެ %78 ވަނީ ފިހިފައިވާކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ހާލު ވަރަށް ސީރިއަސް މި ދެމަފިރިންނަށް ފަރުވާ ދިނުމަށް، ރާއްޖޭން ބޭރުން ދެ ޑޮކްޓަރުން އައިސްފައިވާކަމަށެވެ. އެ ދެ ޑޮކްޓަރުންނަކީ ފިހިފައި ތިބޭމީހުނަށް ހާއްސަކޮށް ފަރުވާ ދޭ 'ބާން ސްޕެޝަލިސްޓުން' ކަމަށެވެ. އަދިމި މީހުން ރާއްޖެއައިސް ފަރުވާ ފަށާފާއިވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މި ދެމަފިރިންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްެޗައި ވެންޓިލޭޓަރުގެ އެހީގައެވެ. ހަށިގަނޑުގެ ބޮޑުބައެއް ފިހިފައި އޮތުމުން ފުރާނަ ސަލާމަތް ކުރުމަކީ ނާދިރުކަމެއްކަމަށާއި ހުރިހާ ފަންކްޝަންތަކެއް ވެސް މިހާރު ދަށަށް ދާކަމަށްވެސް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.
ރަސްދޫގައި ހިނގި މި އަލިފާނުގެ ހާދިސާގައި އިތުރު މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ. އަދި ގޭގެ އެ ކޮޓަރި ފިޔަވާ އިތުރު އެހެން އެއްވެސްތަނަކަށް ގެއްލުމެއް ލިބިފައި އެއް ނުވެ އެވެ.
މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.