ads
ފުލުހުންގެ ކާރެއްގައި ޖެހި އެކްސިޑެންޓްވެފައި:
އެކްސިޑެންޓް އިތުރުވަނީ: މިއަހަރު މިހާތަނަށް 762 މައްސަލަ
މި އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

އެގޮތުން މިއަހަރުގެ މިހާތަނަށް 762 އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، ވައްކަމާ ގުޅުންހުރި 667 މައްސަލަ ހުށަހެޅިފައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހަމައެކަނި ޖެނުއަރީ މަހު 234 އެކްސިޑެންޓުގެ މައްސަލަ ހުށަހެޅިފައިވާއިރު، ފެބްރުއަރީގައި އިތުރު 61 އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މިއީ ކަންބޮޑުވާންޖެހޭ މިންވަރެއްގެ އަދަދެއް ކަމަށް ފުލުހުން ބުނެއެވެ.

މިގޮތުން 2008 އިން 2024 އާ ދެމެދު ކޮންމެ އަހަރެއްގައިވެސް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށްވާއިރު، މިދިޔަ 16 އަހަރުގެ ތެރޭގައި 95,064 ވައްކަމުގެ މައްސަލަ ހުށަހެޅިފައިވެއެވެ. އެހެންނަމަވެސް، މިއަހަރު އެކްސިޑެންޓުގެ މައްސަލަތައް ވައްކަމުގެ މައްސަލަތަކަށްވުރެ އިސްވެފައިވާކަން ފާހަގަކުރެވެއެވެ.

ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު، 2023 ވަނަ އަހަރު 2,300 އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، 2023 ވަނަ އަހަރު 2,886 މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މިއީ ކުރީ އަހަރަށްވުރެ 25 ޕަސަންޓު އިތުރު އަދަދެކެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވާނެހެން ފުލުހުންގެ ހަރަކާތްތެރިކަން އިތުރުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ޓްރެފިކް ގަވާއިދުތަކާއި ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ ޔަގީންކަން ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް