
މި އިރާކޮޅު ހިންގި މި ހާދިސާގައި ވަޅި ހަރާ ޒަހަމްކޮށްލާފައިވަނީ ރ. މަޑުއްވަރީ ބީޗްހައުސް މުހައްމަދު މުއީންއެވެ. އެރަށުން ވާހާކަ ދެއްކި މީހަކު ބުނީ މުއީންގެ ބޮލަށް ލިބުނު ޒަހަމްތަކަށް ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ފަތިހުގެ ވަގުތެއްގައި އޭނާ އުނގޫފާރު ހޮސްޕިޓަަލަށް ބަދަލުކޮށްފައިވާކަމަށެވެ.
މުއީނާ އޭނާގެ ބޭބެ އިސްމާއިލް އާސިފާ ދެ މެދުގައި އެނގިފައިވާ ގޮތުން ޒުވާބު ހިނގީ 20 ރުފިޔާގެ މައްސަލައެއްގައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި މުއީނާ ހަވާލާދި އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހަމަލާފައި ވަނީ ކަތިވަޅިއަކުން ކަމަށެވެ. އަދި އޭނާގެ ބޮލުގެ ދެތިން ތަނުން ޒަހަމްތައް ފެންނަ ހުރިކަމަށް އެމީހާ ބުނެއެވެ.
އެއްބަނޑު އެއްބަފާ ކޮއްކޮއަށް ވަޅިން ހަމަލާދިން އުމުރުން 36 އަހަރުގެ އިސްމާއިލް އާސިފަކީ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ދެބަސްވުމެއްގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ތުހުމަތިގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ފުލުުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.