ads
ފޮޓޯ އެމްޑަބްލިއުއެސްސީ
ފެނާއި ނަރުދަމާގެ ހިދުމަތުގައި 30 އަހަރު: އެމްޑަބްލިއުއެސްސީގެ ކާމިޔާބު ދަތުރު
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އަށް މިއަދު 30 އަހަރު ފުރިއްޖެއެވެ.
Advertisement

އެ ކުންފުނިން ބުނީ 1995 ވަނަ އަހަރުގެ އޭޕްރީލް 1 ވަނަ ދުވަހު އުފެދުނު މި ކުންފުނި އުފެދިގެން އައީ އޭރު އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށެވެ. ކުންފުނި އުފެދުނުއިރު 60 މުވައްޒަފުންނާއެކު ހަމައެކަނި މާލެއަށް ހިދުމަތް ދިނުމަށް ހާއްސަކުރެވިފައިވީ ނަމަވެސް، މިއަދު އެމްޑަބްލިއުއެސްސީއިން ދަނީ މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި، ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށި ހިމެނޭގޮތަށް 2 ލައްކަ މީހުންގެ އާބާދީއަކަށް ހިދުމަތް ފޯރުކޮށްދެމުންނެވެ.

އެމްޑަބްލިއުއެސްސީ އުފެދުނުއިރު ޑެންމާކުގެ މެނޭޖްމަންޓް ޓީމަކުން ކުންފުނި ހިންގަމުން އައި ނަމަވެސް، މިއަދު މިއީ 1,013 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ، 100 ޕަސަންޓް ދިވެހި މެނޭޖްމަންޓެއް އޮތް ކާމިޔާބު ކުންފުންޏެކެވެ. ކުންފުނި އުފެދުނުއިރު ދުވާލަކު 900 ކޮޑި މީޓަރު ފެން އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް، މިއަދު ދުވާލަކު 47,300 ކޮޑި މީޓަރު ފެން އުފެއްދުމުގެ ގާބިލުކަން ވަނީ ހޯދާފައެވެ. އަދި ފެން ރައްކާކުރެވޭ މިންވަރުވެސް 10,000 ކޮޑި މީޓަރުން 44,858 ކޮޑި މީޓަރަށް ވަނީ އިތުރުކުރެވިފައެވެ.

ފެނާއި ނަރުދަމާގެ ހިދުމަތުގެ އިތުރުން، އެމްޑަބްލިއުއެސްސީއިން މިހާރު ދަނީ އިންޖީނިއަރިން، ޓްރޭޑިން އަދި މެނުފެކްޗަރިންގގެ ދާއިރާއިންވެސް ހިދުމަތް ފޯރުކޮށްދެމުންނެވެ. ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކާރުހާނާއިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ކ.ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުމްލަ 107 ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއެކު ކުންފުނިން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް