
މަސްތުވާތަކެތީގެ މައްސަލަތަކުގައި މި ފަހުން އަންހެން ކުދިން ހައްޔަރު ކުރާ އަދަދު އިތުރުވެފައިވަނިކޮށް، މި ފަހަރު ހައްޔަރުކުރީ އުމުރުން 30 އަހަރުގެ އަންހެނެކެވެ. އޭނާގެ ނަމަކީ، އައިޝަތު ނަޝާޔާއެވެ. ނަޝާޔާއަކީ ރ. މަޑުއްވަރިއަށް ނިސްބަތްވާ އަންހެނެއްކަމަށް އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގެއެވެ.
ނަޝާޔާގެ މައްޗަށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތު ފުލުހުން ކުރެއެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް ޖަހާފައެވެ.
ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި އަންހެން މީހާއަކީ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. ރިކޯޑްތަކުން ދައްކާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިންވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ނިސްބަތްވާ މަޑުއްވަރީ ކޯޓުން ކުރިން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއްވެސް ކުރިން ނެރެފައިވެއެވެ.