ads
އަކްޝޭ ކުމާރު
މީހެއްގެ ފޯނު ވަގަށް ނަގައި، ނެތް ކައިވެންޏަކަށް އަކްޝޭ ދައުވަތު ފޮނުވައިފި
މިއަދަކީ އޭޕްރިލް ފޫލްސް ޑޭ ކަމަށްވުމާއެކު، ބޮލީވުޑްގެ ތަރިން މަޖާ ޕްރޭންކުތަކުގައި ބައިވެރިވެއްޖެއެވެ.
Advertisement

މިއަދު އިންޓަނެޓްގައި ބޮލީވުޑާ ގުޅުންހުރި މަޖާ ޕްރޭންކު ވާހަކަތައް ފެތުރި، ގިނަ ބަޔަކު ޝެއަރކުރަމުންދާއިރު، ތަރިންވެސް އެމީހުންގެ ފޮލޯވަރުންނާ ސަކަރާތްޖެހުމަށް އެކި ކަހަލަ ޕޯސްޓްތައް އަންނީ ކުރަމުންނެވެ. 

ބޮލީވުޑްގެ "މަލާމާތުގެ ރަސްގެފާނު" ކަމަށް މަޝްހޫރުވެފައިވާ އަކްޝޭ ކުމާރުގެ ވާހަކަތައް މިއަދު ވަނީ ހެޑްލައިންތަކުން ޖާގަ ހޯދާފައެވެ. އެއީ ޖޮލީ އެލްއެލްބީ 2 ގެ ޝޫޓިން ތެރޭގައި އޭނާ ހުމާ ގުރައިޝީގެ ފޯނު ވަގަށް ނަގައި، ގިނަބަޔަކަށް ޕްރޭންކެއް ޖައްސާފައިވާތީއެވެ. އެގޮތުން އޭނާގެ ފޯނުން ބަޔަކަށް ނެތް ކައިވެންޏެއްގެ ދައުވަތު އަކްޝޭ ފޮނުވާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. 

ރަންބީރު ކަޕޫރުގެ ފޭކް ސްކްރިޕްޓްތައް ލީކްކުރި ވާހަކައާއި، ވަރުން ދަވާން ސެޓްގައި ބަޔަކު ބިރުގަންނަވާލި ވާހަކަތައް ގިނަ ބަޔަކު އަންނަނީ ދައްކަމުންނެވެ. 

މިއަހަރު އޭޕްރިލް ފޫލްސް ޑޭ އީދާ ދިމާވުމާއެކު، އުފާވެރިކަމާއި މަޖާ މަލާމާތްތައް އެކުވެ، ބޮލީވުޑްގެ ދުނިޔެ އިތުރަށް ކުލަގަދަވެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް