ads
ރައީސް ޑރ. މުއިއްޒު
އެމްޑަބްލިއުއެސްސީގެ 30 ވަނަ އަހަރީ ދުވަހު ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
އެމްޑަބްލިއުއެސްސީގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
Advertisement
މިއަދު ފާހަގަކުރާ އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ކުންފުނީގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި، ކުރީގެ ހިދުމަތްތެރިންނަށް މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.

އެމްޑަބްލިއުއެސްސީ ވުޖޫދަށް އައިސްފައިވަނީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އޭރު އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ. އެމްޑަބްލިއުއެސްސީގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް، ގަސްއިންދުމުގެ ޕްރޮގްރާމް، އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު އެކި އެކި ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.

އެމްޑަބްލިއުއެސްސީ އުފެދުނުއިރު 60 މުވައްޒަފުންނާއެކު، އޭރު 60 ހާސް މީހުންގެ އާބާދީއެއް އޮތް މާލެއަށް ހަމައެކަނި ހިދުމަތް ދިނުމަށް ހާއްސަކުރެވިގެން ކަމުގައި ވީނަމަވެސް، މިއަދު އެމްޑަބްލިއުއެސްސީއިން އަންނަނީ މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި، ކ.މާފުށި، ރ.ދުވާފަރު އަދި ހދ. ކުޅުދުއްފުށި ހިމެނޭގޮތުން 2 ލައްކަ މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. މިއީ ގާތްގަޑަކަށް ރާއްޖޭގެ އާބާދީގެ 50 ޕަސަންޓެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް