
މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މާޗް މަހުގެ 26 ގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 70،797 ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 593،956 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 570،898 ޓޫރިސްޓުންނެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގައި ޗައިނާގެ ފަހަތުން ދެވަނައިގައި އޮތީ ރަޝިޔާއެވެ. ރަޝިޔާއިން 63،241 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 60،872 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. ހަތަރުވަނައިގައި އޮތް އިޓަލީއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 55،377 ޓޫރިސްޓުންނެވެ.
ރާއްޖޭގައި މިހާރު 179 ރިސޯޓާއި 15 ހޮޓެލާއި 838 ގެސްޓްހައުސް އަދި 157 ސަފާރީ އުޅަނދު އޮޕަރޭޓްކުރަމުން ދާއިރު، މިއަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.