ads
އީދު ހަވީރުގެތެރެއިން
މާލޭގައި ފިތުރު އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރި ހަވީރަށް ބޮޑު ތަރުހީބެއް
ފަހުގެ ތާރީހެއްގައި މާލޭގައި ފިތުރު އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރި "އީދު ހަވީރު" އަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބަކާއެކު ނިންމާލައިފިއެވެ.
Advertisement

ފިތުރު އީދު ދުވަސް ހިމެނޭހެން ތިން ދުވަހުގެ މުއްދަތަށް ބޭއްވުނު މި ހަވީރަށް އެތައް ހާސް ބަޔަކު ޒިޔާރަތްކޮށްފައިވެއެވެ.

ގައުމީ ދިފާއީ ބާރުން އިސްނަގައިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތް ބޭއްވީ ޖުމްހޫރީ މައިދާނާއި، ޝަހީދުންގެ ބިނާ ސަރަހައްދުގެ އިތުރުން ސަލްޓަން ޕާކުގައެވެ. މި ހަވީރުގައި އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ހިމަނައިގެން އިންތިޒާމްކޮށްފައިވެއެވެ.

"އީދު ހަވީރު" ގައި ރާއްޖޭގެ ކުރީގެ ސަގާފަތް ދައްކާލުމާއި، ކުރީ ޒަމާނުގައި ދިވެހިން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލާފައިވެއެވެ. އަދި ކުޑަކުދިންނާ ގުޅޭ ޒަމާނީ ކެރެކްޓަރތައްވެސް ދައްކާލާފައިވެއެވެ. މީގެ އިތުރުން ގައުމީ ދިފާއީ ބާރާއި ފުލުހުންގެ ހިދުމަތުގައި ގެންގުޅޭ އުޅަނދުތަކާއި އާލާތްތައް ދައްކާލުމާއެކު ތަޖުރިބާކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވެއެވެ.

ފިތުރު އީދު ދުވަހުގެ "އީދު ހަވީރު" ގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ މުހައްމަދު މުއިއްޒުގެ އާއިލާ ބައިވެރިވެ ވަޑައިގެންނެވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް