
މިދިޔަ މަހުގެ 24 ވަނަދުވަހުގެ ރޭ 10:30 ކަންހާއިރު ހިނގި ހާދިސާގައި ފިހުނީ އުމުރުން 31 އަހަރުގެ ދެމަފިރިއެކެވެ. ފިހުނު ދެމަފިރިންނަކީ އއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ނަރުހަކާއި ބީއެމްއެލްގެ މުވައްޒަފެކެވެ.
މީގެތެރެއިން އަންހެން މިހާއަށް ފަރުވާ ދެމުންދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ވަނީ ނިޔާވެފައެވެ.
ފިހުނު ފިރިހެން މީހާއަށް ފަރުވާދެމުން މިހާތަނަށް އައީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އެމީހާގެ ހާލަތަށް ކުޑަކުރިއެރުމެއް ލިބި މިހާތު ވެންޓިލޭޓަރުން ނަގާފައިވާކަމަށެވެ. އެެހެންނަމަވެސް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށް އޭނާ ބުންޏެކެވެ.
ޑޮކްޓަރުންނާއި ހަވާލާދީ އެ އާއިލާއިން އޭރު ބުނީ ފިރިހެން މީހާގެ ހަށިގަނޑުގެ %78 ވަނީ ފިހިފައިވާކަމަށެވެ.
މި ދެ މަފިރިންނަށް ފަރުވާ ދިނުމަށް، ރާއްޖޭން ބޭރުން ދެ ޑޮކްޓަރުންގެ ޓީމެއް ވަނީ އައިސްފައެވެ. އެ ދެ ޑޮކްޓަރުންނަކީ ފިހިފައި ތިބޭމީހުނަށް ހާއްސަކޮށް ފަރުވާ ދޭ 'ބާން ސްޕެޝަލިސްޓުން' ނެވެ.
ރަސްދޫގައި ހިނގި މި އަލިފާނުގެ ހާދިސާގައި އިތުރު މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ. އަދި ގޭގެ އެ ކޮޓަރި ފިޔަވާ އިތުރު އެހެން އެއްވެސްތަނަކަށް ގެއްލުމެއް ލިބިފައި އެއް ނުވެ އެވެ