ads
ބްރޯޑްކޮމްގެ ބައެއް މެމްބަރުން
ބްރޯޑްކޮމް މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ބްރޯޑްކޮމް މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
Advertisement

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާފައި މިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްއަކަށް ހުންނެވި މުހައްމަދު ފަޒީން އެ ކޮމިޝަންގެ މެންބަރުކަމުން މދިޔަ މަހު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. 

ރައީސް އޮފީހުން ބުނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 15 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންކަމަށް އެ އޮފީހުން ބުނެއެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެކަމަށާއި އެ އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑު ކުރެއްވޭނެކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. 

އެ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް ސަފާ ޝަފީގާއި އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހިމްއާއި، މުހައްމަދު އަބްދުﷲ އާއި އާމިނަތު ނުޒުހާގެ އިތުރުން އަދި އާމިނަތު ސަރާހަތު އިއްޒަތުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް