މިފްކޯގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި އިބްރާހިމް ސައީދު (ކޭޑު) ވިދާޅުވީ، ކުންފުނީގައި މަސައްކަތް ކުރަމުންދިޔައީ މިފްކޯ އަކީ ދެފުށް ފެންނަ ކޮރަޕްޝަނުން ބަރީއަވެފައިވާ ކުންފުންޏަކަށް ހެދުމަށް ކަމަށެވެ. އަދި މަގާމުގައި ހުރި މުއްދަތުގައި އޭނާ މަސައްކަތް ކުރެއްވީ ގޮންޖެހުންތަކާއެކު ވެސް ކުންފުނީގެ ނަމާއި ބްރޭންޑަށް އުނިކަން ނާންނާނެ ގޮތްތައް ހޯދުމަށް ކަމަށެވެ.
މިފްކޯގެ ސީއީއޯ މަގާމުގައި ހުރި ޔޫކްރައިންއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ވިޓާލީ ލިއުބިމޮވް، ވަނީ މިދިޔަ މަހުގެ މަގާމުން ވަކިކޮށްފައެވެ.
އަދި އޭގެ ފަހުން ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) އެމްޑީ އަދި ސީއީއޯގެ މަގާމަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު އައްޔަންކޮށްފި އެވެ.