މިދިޔަ މަހުގެ 24 ވަނަދުވަހުގެ ރޭ 10:30 ކަންހާއިރު ހިނގި ހާދިސާގައި ފިހުނީ އުމުރުން 31 އަހަރުގެ ދެމަފިރިއެކެވެ. ފިހުނު ދެމަފިރިންނަކީ އއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ނަރުހަކާއި ބީއެމްއެލްގެ މުވައްޒަފެކެވެ.
މީގެތެރެއިން އަންހެން މިހާއަށް ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.
ފިރިހެން މީހާ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދިނުމަށްފަހު އެމީހާގެ ހާލަތަށް ކުޑަކުރިއެރުމެއް ލިބިފައިވާތީ މިދިޔަ ހަފްތާގައި އޭނާ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ.
ފިރިހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް މިހާރު ވަނީ ގެންގޮސްފަ އެވެ.