
މި މިސްކިތް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓާ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ނައިބު އިްބރާހިމް އާސިމްއެވެ.
މި މަޝްރޫގެ ދަށުން މިސްކިތް އަޅަނީ 7,933 އަކަ މީޓަރުގެ ސަރައްދެއްގައިކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މީ 500 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 9.44 މިލިއަން ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ މާރިޗުމަހުގެ 15 ވަނަދުވަހު ވަނީ ގުރުއާން މަރުކަޒުތަކާއި މިސްކިތްތަކެއް އަޅަން ފެނަކައާއި އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ ދަށުން ށ. ފޯކައިދޫ އިސްލާމީ މަރުކަޒަކާއި 11 މިސްކިތަކާއި ގުރުއާނާއި ބެހޭ މަރުކަޒުގެ 2 ގޮފި އިމާރާތްކުރަން ވަނީ ހަމަޖެހިފައެވެ. މީގެތެރޭއިން 11 މަޝްރޫއު ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއި އެވެ. އެމްޓީސީސީއާ ހަވާލުކުރީ ތިން މަޝްރޫއެކެވެ.