ads
ރައީސް ޒިޔަމިން ފްރީ ޓްރޭޑް ސެންޓަރަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން
ދިވެހި އުފެއްދުންތައް ޗައިނާގެ ބާޒާރަށް ނެރުމުގެ ފުރުސަތު
ދިވެހި އުފެއްދުންތައް ޗައިނާގެ ބާޒާރަށް ނެރުމުގެ ފުރުސަތު ލިބިގެންދާ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވުމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީން ހުޅުވާލައިފިއެވެ.
Advertisement

މި އެކްސްޕޯއަކީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންއެވެ.

މި އެކްސްޕޯގައި ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުސަތުގެ އިތުރުން، އުފެއްދުންތައް ގަތުމުގެ ފުރުސަތުވެސް ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެއެވެ. އަދި މިއީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހުޅުވާލާފައިވާ ފުރުސަތަކެކެވެ. މީގެ އިތުރުން، ކުރީ އަހަރުތަކާ ހިލާފަށް، ރާއްޖެއިން ބޭރުގައި ދިވެއްސަކު އުފައްދާފައިވާ އުފެއްދުންވެސް މި އެކްސްޕޯގައި ބައިވެރިކުރުމުގެ ފުރުސަތު މިއަހަރު ލިބޭނެއެވެ. 

މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 14 އެޕްރީލް 2025 ގެ ކުރިން [email protected] އީމެއިލްކުރަން ޖެހޭނެއެވެ. ރާއްޖެއަށް ބޫތު ލިބޭ މިންވަރަށް ބަލައި، މި އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސައިދެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ވިޔަފާރިވެރިންގެ އުފެއްދުންތައް ޗައިނާއަށް ގެންދިއުމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް